ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއް ކަމަށް އެޗްޕީއޭއިން ކަނޑައެޅުމާ ގުޅިގެން އެކަން ތަންފީޒުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުންގެ އިދާރާއިން މިރޭ ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްއެޅުން ސަރުކާރުން މަޖުބޫރު ކޮށްފައިވާތީ އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށެވެ.
ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ރައީސް އޮފީހުން މިހާރު ވަނީ ފުލުހުންނަށް އަންގާފައެވެ. މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިއްމާފައެވެ.
ވޭތުވެ ދިޔަ ސައްވީސް ގަޑިއިރު ތެރޭގައި ޖުމްލަ 224 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން އެކަނި ވެސް ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް ގިނަވުމާއެކު ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭގޮތުން ސިއްހީ ޚިދުމަތްތެރިންނާއެކު ސަރުކާރުން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އެގޮތުން ރައީސް އޮފީހުން މިއަދު ވަނީ ރައްޖޭގެ ހުރިހާ ރަށެއްގައި މާސްކް އަޅަން އަންގައި އެކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގާފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ވަނީ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފައެވެ.

ތިމާއާއި އަނެކާގެ ރައްކާތެރިކަމަށްޓަކައި ބޭރުގައި އުޅުއްވާއިރު މާސްކު އެޅުއްވުމަށް ހަނދުމަފުޅުކޮށް އަރުވަން.#COVID19 #MaskUp #StaySafe #SocialDistancing
— Maldives Police (@PoliceMv) January 6, 2022
ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާތީ ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު އަޅަމުންދާކަން ކަށަވަރު ކުރަން ރައީސް އޮފީހުން މިހާރު ވަނީ ފުލުހުންނަށް އަންގާފައެވެ. މާސްކު ނާޅާ އުޅޭ މީހުން 1000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިއްމާފައެވެ.
ކޮވިޑްގައި ފައްސިވާ އަދަދު މަތިވަމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު މާސްކުއެޅުން ވަނީ މަޖުބޫރު ކުރެވިފައި. މިކަން ތަންފީޒުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ.
— Maldives Police (@PoliceMv) January 6, 2022
ވޭތުވެ ދިޔަ ސައްވީސް ގަޑިއިރު ތެރޭގައި ޖުމްލަ 224 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން އެކަނި ވެސް ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މާލޭގައި ކޮވިޑްގެ ކޭސްތައް ގިނަވުމާއެކު ފިޔަވަޅުތައް ހަރުކަށި ކުރުމާ ގުޅޭގޮތުން ސިއްހީ ޚިދުމަތްތެރިންނާއެކު ސަރުކާރުން މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އެގޮތުން ރައީސް އޮފީހުން މިއަދު ވަނީ ރައްޖޭގެ ހުރިހާ ރަށެއްގައި މާސްކް އަޅަން އަންގައި އެކަން ތަންފީޒުކުރުމަށް ފުލުހުންނަށް އަންގާފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ވަނީ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށް ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު