ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް އޭޑީކޭ އިން ތަޢާރަފް ކުރަން ނިއްމާފައިވާކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިޙް މިރޭ ވިދާޅުވެއްޖެއެެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރުން ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ދުވުމުގެ ހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ އޭޑީކޭއިން ވަރަށް އަވަހަށް އާ ޚިދުމަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ކެންސަރު ބަލި ދެނެގަތުމަށްޓަކައި ހަދާ ޕެޓް ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ތަޢާރަފް ކުރަން އޭޑިކޭ އިން ތައްޔާރުވަމުންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
"މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވީ 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދަމުން ގެންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވޭތުވެ 35 އަހަރުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް އައިސްފައިވާ ކުރިއެރުންތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެެ.
"އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭ.ޑީ.ކޭ.ގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން މީހުން ބިނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ޚިދުމަތް ކުރާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، އޭޑީކޭ ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި މީހުން ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެެވެ.
"މި ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއްވެސް ހިންގަމުން. އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންވެސް ކޮށް ނިންމައިފި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް، އެ ސްކޫލްގައި ފެށުމަށް." އޭ.ޑީ.ކޭ. ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އަދި ސީ.އީ.އޯ. އަޙްމަދު ނާޝިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ:#ދުވާހިތުން" ދުވުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

President @ibusolih and First Lady Fazna Ahmed join @adkhospital’s "Dhuvaahithun" charity run—a 35-hour event held to kick off activities to mark the 35th anniversary of the hospital. pic.twitter.com/51PMVAoTXj
— The President's Office (@presidencymv) January 6, 2022
"މިއީ ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ކަމެއް. އަދި އޭގެއިތުރުން، އެންމެފަހުގެ އެމް.އާރް.އައި.ގެ ޚިދުމަތްވެސް އެ ހޮސްޕިޓަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް އަޅުގަނޑަށް ވަނީ އެނގިފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިޙް ވިދާޅުވީ 1987 ވަނަ އަހަރު ހުޅުވި މެޑި ކްލިނިކް، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްޤީވުމަކީ، ރާއްޖޭގެ ޞިއްޙީ ދުޅަހެޔޮކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދިނުމުގައި، އޭ.ޑީ.ކޭ ވަރަށް ބޮޑެތި ކާމިޔާބީތައް ހޯދަމުން ގެންދާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވޭތުވެ 35 އަހަރުގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް އައިސްފައިވާ ކުރިއެރުންތަކަށް ވަނީ އަލިއަޅުއްވާލައްވާފައެވެެ.
"އެމް.އާރް.އައި.ގެ ޚިދުމަތާއި، ސީ.ޓީ ސްކޭންގެ ޚިދުމަތް ރާއްޖޭގައި އަލަށް ފެށްޓީ އޭ.ޑީ.ކޭ.އިން. ފުއްޕާމެޔާއި، ހިތް ފަޅައިގެން ކުރާ އޮޕަރޭޝަންތައް މިހާރު ރާއްޖޭގައި ކުރެވެން ހުރީވެސް ހަމައެކަނި މި ހޮސްޕިޓަލުން. ބޮލާއި ސިކުނޑިއާއި، ނާރުގެ އޮޕަރޭޝަންތައްވެސް ކުރެވެންހުރީ ހަމަ މި އޭ.ޑީ.ކޭ.ގައި." ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުން މީހުން ބިނާ ކުރުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ޚިދުމަތް ކުރާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، އޭޑީކޭ ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި މީހުން ކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެެވެ.
"މި ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއްވެސް ހިންގަމުން. އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންވެސް ކޮށް ނިންމައިފި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް، އެ ސްކޫލްގައި ފެށުމަށް." އޭ.ޑީ.ކޭ. ގްރޫޕް އޮފް ކޮމްޕެނީޒްގެ ޗެއަރމަން އަދި ސީ.އީ.އޯ. އަޙްމަދު ނާޝިދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
އޭ.ޑީ.ކޭ ހޮސްޕިޓަލަށް 35 އަހަރު ފުރޭ މުނާސަބަތުގައި، 35 ގަޑިއިރުގެ "ރަން ފޮރ ޗެރިޓީ:#ދުވާހިތުން" ދުވުމުގެ ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު