އިންޑިޔާ އައުޓް ހަރަކާތުގެ ތެރެއިން ފުލުހުން މިއަދު ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ނަރީޝާއި އައިފާން ހައްޔަރު ކޮށްފައި ވަނީ ޕީޕީއެމުން މިއަދު ހަވީރު އިންތިޒާމް ކުރި އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިންނެެވެ. މާލޭ ސިޓީކައުންސިލުން ބުނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރު އަހުމަދު އައިފާން މިރޭ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. މާލޭ ސިޓީކައުންސިިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަރީޝާއި އައިފާނު ހައްޔަރު ކޮށްފައި ވަނީ ޤާނޫނު އަސާސީއާއި ހިލާފަށް ކަމަށެވެ. ނަރީޝާއި އައިފާން ހައްޔަރު ކޮށްފައި ވަނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ލިބިދީފައިވާ ޙައްޤުގެ ތެރެއިން އަޑުއުފުލުމަށާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ދަށުން ޝުޢޫރު ފާޅުކުރަމުން ދަނިކޮށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.



މިއީ ޤާނޫނު އަސާސީން ލިބިދީފައިވާ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮއްވަވާފައި ތިއްބެވި ކައުންސިލަރުންގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި މިއީ ދިމިޤްރާތީ ވެއްޓެއްގައި ކަންވެގެން ދާންޖެހޭގޮތް ނޫންކަމުގައިވެސް ސިޓީ ކައުންސިލުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެެވެެ.



ކިޔުންތެރިންގެ ހިޔާލު