ހުސްވި ހަފްތާގައި އިންޑޮނޭޝިއާއަށް ބޯކޮށް ވާރޭ ވެހުމާއިއެކު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ތިން މީހަކު މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓަރ ރިލީފް އޭޖެންސީން ބުނީ، ބޯކޮށް ވާރޭ ވެހުމާއެކު އެންމެ ބޮޑު ގެއްލުމެއް ލިބުނީ ސުމަޓްރާ އަށެވެ. އެގޮތުން 32،000 އަށްވުރެ ގިނަމީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަަލުކޮށްފައިވާކަމަށްވެއެވެ.
އަދި ބޯކޮށް ވާރޭ ވެހި ހިނގާ ދިޔަ ފެންބޮޑުވުމުގެ ކާރިސާގައި މަރުވި ތިން މީހުން މަރުވެފައިވަނީ ސުމަޓްރާ ސަރަހައްދުންކަމަަށް އިންޑޮނޭޝިއާގެ ޑިޒާސްޓަރ ރިލީފް އޭޖެންސީން ހާމަކޮށްފައިވެއެވެ.
އިންޑޮނޭޝިއާއަކީ ވިއްސާރަ މޫސުމުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ކާރިސާތައް ގިނައިން ހިނގާ ގައުމެކެވެ. ނަމަވެސް މިފަހަރު ބޯކޮށް ވާރޭ ވެހި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާ އެހެން ފަހަރުތަކާއި އަޅާބަލާއިރު މާނުރައްކާ ބޮޑުކަމަށް އެމަރޖެންސީ ރެސްޕޯންސް ގްރޫޕްތަކުން ފާހަގަކޮށްފައިވެއެވެ. ހާއްސަ ގޮތެއްގައި ވެހުނު ވާރޭއާއެކު ކޯރުތައް ފުރި ރަށުތެރޭގައި މީހުން އުޅޭ ސަރަހައްދުތަކުގައި ފެންބޮޑުވި މިންވަރު ބޮޑުވެ ލިބުނު ގެއްލުންތައް އިތުރުވިކަމަަށްވެއެވެ.
އިންޑޮނޭޝިއާގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވާން ފެށުމާއިއެކު، ޖެނުއަރީ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު