ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޔޫއޭއީގެ ބޯޓެއް ހައިޖެކްކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފިއެވެ.
ޔަމަނު ހޫތީ ހަނގުރާމަވެރިން ޔޫއޭއީގެ ކާގޯ ބޯޓެއް މިމަހުގެ 3 ވަނަ ދުވަހު ހައިޖެކްކުރީ ޔަމަނުގެ އަލްހުދައްޔާގެ އައްސޭރިފަށުންނެވެ.
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި، ހޫތީ ހަނގުރާމަވެރިންގެ މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު އަމަލުތަކެއްކަމަށާއި، މިކަމުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި، ދުނިޔޭގެ ވިޔަފާރިއަށް ނުރައްކާވާނެކަމަށް ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.
ދިވެހި ސަރުކާރުން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމަށެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި، މެރިޓައިމް ނެވިގޭޝަންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައި ވެއެވެ.

Statement by the Government of Maldives on the Hijacking of UAE Ship by Houthi Militia
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 6, 2022
📃 Read Statement | https://t.co/EXxUcyKlJE pic.twitter.com/MGNgnNUYdT
ދިވެހި ސަރުކާރުން ބުނީ މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭނެކަމަށެވެ.
ސަރުކާރުން ނެރުނު ބަޔާނުގައި، މެރިޓައިމް ނެވިގޭޝަންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް، މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު