އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ރާއްޖެ ވަޑައިގެންފިއެވެ.
އދގެ އާއްމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އެމެރިކާގެ ނިއުޔޯކުގައި ހުންނަވާ ޝާހިދު ރާއްޖެ ވަޑައިގެންފައި މިވަނީ، ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެއަށް މިއަދު ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެނެވެ.
ރާއްޖެ ވަޑައިގެންނެވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ ރާއްޖެ ވަޑައިގެންނެވުމުން އުފާކުރައްވާ ކަމަށާއި، އަމިއްލަ ގައުމުން ލިބޭ ހިތްހަމަޖެހިވަޑައިގެންނެވުން އެހެން އެއްވެސް ތާކުން ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.
ޝާހިދު ވިދާޅުވީ މިދަތުރުފުޅުގައި ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އެގޮތުން ޗައިނާގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމުގެ ތެރެއިން އިތުރު މަސައްކަތްތައް ކުރެއްވުމަށް މަޝްވަރާކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެމެރިކާގެ ނިއުޔޯކްއަށް ވަޑައިގެން އެ މަގާމާއި ރަސްމީކޮށް އެމަނިކުފާނު ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެެވެ. ޝާހިދުގެ އެދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.

There is no place like home! It is good to be back.
— Abdulla Shahid (@abdulla_shahid) January 7, 2022
I am looking forward to a productive few days ahead. Including welcoming State Councilor and Foreign Minister of #China, and exchanging views on enhancing the 🇲🇻-🇨🇳 cooperation. pic.twitter.com/7gNPnTO6PM
އދގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޝާހިދު އިންތިހާބުވެވަޑައިގަތީ މިދިޔަ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ. އަދި އެމެރިކާގެ ނިއުޔޯކްއަށް ވަޑައިގެން އެ މަގާމާއި ރަސްމީކޮށް އެމަނިކުފާނު ހަވާލުވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރުމަހުއެވެ.
އދގެ އާއްމު މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ޝާހިދު ވަނީ މިދިޔަ އޮކްޓޯބަރުމަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެެވެ. ޝާހިދުގެ އެދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ހިޔާލު