އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި ބޭނުންކުރާ ޓީޝާޓްތަކުގައި "އިންޑިއާ އައުޓް" ލިޔުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް އަންގާފައި ނުވާނެކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި.އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ބުނެ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ބޭނުންކުރާ ޓީޝާޓުތަކާއި ދިދަތަކުގައި އިންޑިއާ އައުޓް، ދިވެހިން ލިޔުމަށް ފުލުހުން އަންގައިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވާތީ އެކަމާ ގުޅިގެން ނެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަށް އެއްވެފައި ތިބި މީހުންނަށް އިންޑިއާ އައުޓް ޓީޝާޓު ލައިގެން ނުތިބެވޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޓީޝާޓުތަކުގައި އިންޑިއާ އައުޓް ދިވެހިން ލިޔަން ފުލުހުން އަންގާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން ވަނީ މިކަން ދޮގުކޮށްފައެވެ. ފުލުހުން ބުނީ އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް ފުލުހުން އަންގާފައި ނުވާނެ ކަމަށާއި ބަޔަކު ފަތުރަމުން ދަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން އިއްޔެ ހަވީރު ޕީޕިއެމްގެ އޮފީސް ކައިރީގައި ބޭއްވި އިންޑިޔާ އައުޓް ހަރަކާތްވެސް ފުލުހުން ވަނީ ހުއްޓުވައި ތިން މީހަކު ހައްޔަރުކޮށްފައެެވެ.
އިންޑިޔާ އައުޓް ހަރާކާތުގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމަމަމާއިލާއި، މާލެ ސިޓީ ކައުންސިލަރު އަހްމަދު އައިފާނާއި މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވެސް ހިމެނެއެވެ.
ސަރުކާރުން މިހާރު ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައެވެ. ނަމަވެސް ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން "އިންޑިޔާ އައުޓް" ހަރަކާތް ވަނީ ވަރުގަދަކޮށް އިތުރަށް ފުޅާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު