ތިމާއާއި ތިމާއާއެކުގައި އުޅޭ މީހުންނަށް ކުރެވޭ ކުށް ފާފަތައް ވަންހަނާކުރުމާއި އެހެން މީހުންގެ އުނި ސިފަތައް ވަންހަނާ ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުތުބާގައި ވިދާޅުވީ އަހްލާގަކީ ދީނުގައި އެންމެ އިސްކަންދީފައިވާ މަތިވެރި ޢަސާސެއްކަމަށެވެ. އަދި ރިވެތި އަހްލާގައެކު ވާސިލުވެވޭ މަންޒިލް ވެސް އެހާމެ މަތިވެރިކަން ހުތުބާގައި ފާހަގަކުރިއެވެ.
އެގޮތުން ރިވެތި އަހްލާގާއި މާތް ސިފަތަކުގެ ތެރޭގައި އެހެން މީހުންގެ އައިބުތަކާއި އުނި ސިފަތައް ވަންހަނާކޮށް ފޮރުވުން ހިމެނޭކަމަށް ހުތުބާގައި ވެއެވެ. މާތް ﷲއަކީ އިންސާނުންނަށް ކުރެވޭ ކުށްތައް ވަންހަނާ ކޮށްދެއްވާ ރަސްކަލާނގެކަމަށާއި، އެހެންކަމުން މުސްލިމުން އެހެން މީހުންގެ ސިއްރުތައް ވަންހަނާކުރުމަށް އިސްލާމްދީން ގޮވާލާކަމަށް ހުތުބާގައިވެއެވެ.
އަޅުގަނޑުމެންނަށް ކުރެވޭ ފާފަތަކާއި ކުއްތައް ވަންހަނާކުރުމަކީ މުހިއްމު ކަމެއްކަމަށާއި އޭރުން މާތް ﷲ އެކަންކަން ވަންހަނާކޮށްދެއްވާފައި ބާއްވާނެކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އަޅުގަނޑުމެންނަށް ކުރެވޭ ކުށް ފާފަތައް ވަންހަނާކުރުމަކީ ގިޔާމަތް ދުވަހު މާތްﷲގެ ފުއްސެވުމާއި މަޢްފިރަތް ލިބޭނެކަމެއްކަމަށާއި މީގެއިތުރުން އަޅުގަނޑުމެންގެ އަހަކަށް ކުރެވޭ ނުބައި ކަމެއް ފެންނަހިނދު އެ މީހަކަށް ނަސޭހަތްދިނުމަށްވެސް ހުތުބާގައިވެއެވެ.
މީހުންގެ ކުށް ފާފަތަކާއި އުނި ސިފަތައް ގޮވަމުންދާ މީހާ ގޭތެރޭގައި ފިލާ އޮތަސް މާތް ﷲ އެ މީހާ ފަލީހަތް ކުރައްވާނެކަމަށް ރަސޫލާގެ ހަދީސްގައިވާކަމަށް ހުތުބާގައި ވެއެވެ.
އެގޮތުން ހަބަރާއި ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި ފަތުރާ މިޒަމާނުގައި މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަމަށާއި އަތުގައި އޮންނަ މޯބައިލް ފޯނުގެ ޛަރީޢާއިން، މީހުންނަށް ނޭނގޭގޮތަށް، ތަންތަނާއި، މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް، ފިތައިލާ ފިތަކުން އެ ސިއްރުތައް ޢާއްމުކޮށްލާ ހިނދު، އެފަދަ ކަންކަން ކުރާ ކޮންމެ މީހަކުވެސް، ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނާލަންޖެހޭ ކަމަށްވެސް ހުތުބާގައިވެއެވެ. އަދި އެފަދަ މީހުންނަށް ހުރި ވޭންދެނިވި ޢަޒާބުގެ ވާހަކަ ހުތުބާގައި މިއަދު ހަނދާންކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު