ސަރުކާރުން ރައްޔިތުންނަށް ކަންތައްތަށް ކޮށްދޭންޖެހޭނީ އިންތިޚާބު ބޯމަތިވީމަ ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް އަބުދުލްލަތީފް ވިިދާޅުވެއްޖެއެެވެ.
މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި- އިލެކްޝަނާއި ދިމާކޮށް ކުއްލިއަކަށް ށ. ކޮމަންޑޫގައި ފުޓްބޯޅަ ދަނޑެއް އެޅުމަށް ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފައިވަނިކޮށެވެ.
އެކަމަށް އިޝާރަތް ކުރައްވައި މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ ރަޢްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދާކޮށްދޭން ޖެހެނީ ކޮންމެހެން އިންތިޚާބު ބޯމަތިވުމުން ނޫން ކަމަށެވެ.
"އެެއީ އަބަދުވެސް ކޮށްދޭންޖެހޭ ކަމެއް." ރައީސް އޮފީސް ޓެގް ކުރައްވައި ޑރ. އިޔާޒް ވިދާޅުވިއެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަޙުލޫފް ވިދާޅުވީ ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރު ވެފައިވާ ކަމަށެވެ.
"އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ދަނޑު ގާއިމްކޮށްދިނުމަށް މިހާރުވަނީ ނިންމާފަ." މަޚުލޫފް ވިދާޅުވިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ކެމްޕެއިން މިހާރު ވަނީ ފަށާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ކޮމަންޑޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ފުރާވަޑައިގެންފައެވެ. ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީންވެސް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި އެ ޕާޓީން ކޮމަންޑޫގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުއެެވެ.

ރަޢްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަދާކޮށްދޭން ޖެހެނީ ކޮންމެހެން އިންތިޚާބު ބޯމަތިވީމާ އެއް ނޫން. އެެއީ އަބަދުވެސް ކޮށްދޭންޖެހޭ ކަމެއް. @presidencymv
— Dr.Mohamed Iyaz (@dr_iyaz) January 6, 2022
ޔޫތް މިނިސްޓަރު އަހުމަދު މަޙުލޫފް ވިދާޅުވީ ދަނޑެއް ނެތި ކޮމަންޑޫ ރައްޔިތުން ފުޓުބޯޅަ ކުޅުމުން މަހުރޫމްވެފައިވާތާ 30 އަހަރު ވެފައިވާ ކަމަށެވެ.
"އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ދަނޑު ގާއިމްކޮށްދިނުމަށް މިހާރުވަނީ ނިންމާފަ." މަޚުލޫފް ވިދާޅުވިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ކެމްޕެއިން މިހާރު ވަނީ ފަށާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ކޮމަންޑޫއަށް ވަޑައިގަތުމަށް މިހާރު ވަނީ ފުރާވަޑައިގެންފައެވެ. ޕީޕީއެމް ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ރައީސް ޔާމީންވެސް ކޮމަންޑޫއަށް ވަޑައިގަންނަވަން ނިންމަވާފައިވާއިރު، އެމްއެންޕީގެ ކެންޑިޑޭޓުގެ ކެމްޕެއިންގައި އެ ޕާޓީން ކޮމަންޑޫގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުއެެވެ.
ކިޔުންތެރިންގެ ހިޔާލު