ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުރާވަޑައިގެންފި އެވެ.
އެމްޑީޕީން ބުނީ އެޕާޓީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފުތިތާހު ކުރުމުގެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކޮމަންޑޫގެ އެމްޑީޕީ ހަރުގެ ކުރިމަތީގައި ކަމަށެވެ. އެ ޖަލްސާގައި އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް ރައީސް ކޮމަންޑުއަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް އެ ޕާޓީގެ އިސްވެރިން ކޮމަންޑޫ އަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާންގެ ކެމްޕެއިން ޖަލްސާއެއް ވެސް ކޮމަންޑޫގައި ރޭ ވަނީ ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެމްޑީޕީގެ ޓިކެޓްގައި އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ @ibusolih ބައިވެރިވެ ވަޑައިގަންނަވާ ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ލޯންޗިންގް ޖަލްސާއަށް ކޮމަންޑޫއަށް ފުރާވަޑައިގަތުން pic.twitter.com/n6laqEdszt
— MDP Secretariat (@MDPSecretariat) January 7, 2022
އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް ރައީސް ކޮމަންޑުއަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަށް ތާއިދު ހޯއްދެވުމަށް އެ ޕާޓީގެ އިސްވެރިން ކޮމަންޑޫ އަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓު އަބްދުލް ހަންނާންގެ ކެމްޕެއިން ޖަލްސާއެއް ވެސް ކޮމަންޑޫގައި ރޭ ވަނީ ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުއެވެެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެމްޑީޕީގެ ޓިކެޓްގައި އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.
ކިޔުންތެރިންގެ ހިޔާލު