ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖްގެ 4 ގުނަ ބޮޑު ބްރިޖެއް މި ސަރުކާރުން އަޅާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާގައި ވާހަަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަަރު އަހުމަދު ސަމީރު ވިދާޅުވީ، މި ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ބްރިޖު އެޅުމުގެ ބޮޑެތި މަރުހަލާ ތަކެއް ކަޑައްތު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ބްރިޖް އެޅުމުގެ މަސައްކަތް އޮތީ ފެށުމުގެ މަރުހަލާގައި ކަމަށް ސަމީރު ވިދާޅުވިއެވެެ.
"އިރާދަކުރެއްވިޔާ ދިވެހި ރައްޔިތުންނަށް ފެންނާނެ ޔާމިން އެޅި ބުރިޖުގެ ހަތަރު ގުނަ ބޮޑު ބްރިޖެއް އިނގޭތޯ، އަޅުގަނޑުމެން އިރާދަކުރެއްވިޔާ ބްރިޖް ދައްކާނަން." އިދިކޮޅުން ފާޑުކިޔަމުންދާ މިސަރުކާރުގެ ބްރިޖުގެ މައްސަލައިގާ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީގެ މެމްބަރު ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ ހުޅުމާލެއާއި މާލެއާ ދެމެދު އަޅާފައިވާ ބްރިޖާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްރޮޖެކްޓްތަކަކީ ރައީސް ޔާމީން ވެރިކަމަށް އައުމުގެ ކުރިން ޕްލޭން ކޮށްފައިވާ ކަންތައްތައް ކަމަށެވެ. އެއީ އެމަނިކުފާނުގެ ތަސައްވަރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ. މިމަޝްރޫއުތަކުގެ ވިސްނުން އައިސްފައިވަނީ އެމްޑީޕީ ސަރުކާރުގެ ވިސްނުމުގެ ތެރެއިން ކަމަށް ސަމީރު ވިދާޅުވިއެވެ.
"މޭގައި އަތް ޖަހާފައި އިދިކޮޅު ފަރާތްތަކުން މި ބުނަނީ އެ ބުރިޖަކީ ޔާމިން ހެއްދެވި ބްރިޖެކޭ އެއީ ޔާމިންގެ ތަސައްވަރެކޭ، ހުޅުމާލެ ދެވަނަ ފޭސް އަކީ ޔާމިންގެ ތަސައްވަރެކޭ، އަޅުގަނޑު މި ދަންނަވަނީ ނޫނެކޭ ތިއީ އޮޅުވާލުމެކޭ މަކަރުވެރިކަމެކޭ ތިޔަ ދައްކަނީ، ސާފު ބަހުން މިހިރީ ކަންކަން ފެންނަން." ސަމީރު ވިދާޅުވިއެވެ.
މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތް ފެށުމަށް އިންޑިއާގެ އެފްކޮންސާ ހަވާލުކޮށް އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެެވެ. މަޝްރޫއު ކުރިއަށްގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.
ސަރުކާރުން ބްރިޖްގެ މަސައްކަތް ފަށަން އެކި ތާރިޚުތައް ދިން ނަމަވެސް މިހާތަނަށް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. ބްރިޖުގެ މަޝްރޫއު 2023 ވަނަ އަހަރަށް ނުނިމޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަސައްކަތް ކުރިޔަށް ދާއިރު މަސައްކަތް ނިމޭ މިންވަރަކުން ބުރިޖުގެ ބައިބައި ހުޅުވާނެކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓްއާއި ތިލަ ހިސާބުތަކުގައާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު