އައިޖީއެމްއެޗް ހޮސްޕިޓަލް ކައިރީގައި އެމަނިކުފާނަށް ވެސް ޓަވަރެއް އެޅިދާނެ ކަމަށާއި، ޓަވަރެއް އެޅުމުގެ ބަދަލުގައި ކުރަންވީ ލާމަރުކަޒުކޮށް އެކި ސަރަހައްދުތަކުން ޚިދުމަތް ލިބޭގޮތް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ކެމްޕޭނަށް ކޮމަންޑުއަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ފަސް ޓާޝަރީ ހޮސްޕިޓަލުގެ ފައިސާ ޚަރަދުކޮށްގެން އައިޖީއެމްއެޗް ކައިރީގައި އެމަނިކުފާނަށް ވެސް ޓަވަރެއް އެޅިދާނެ ކަމަށެވެ. އެހެން ނަަމަވެސް ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އަޅާ ޓަވަރުން އައިޖީއެމްއެޗްގެ ކިޔޫ ދިގުވުން ނޫން ކަމެއް ނުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑަށްވެސް އައިޖީއެމްއެޗް ކައިރީގައި އިތުރު ޓަވަރެއް ނެގިދާނެ. އަދި މަައްޗަށް އެއާ ދިމާލަށް ބަލަންވެސް ހުރެވިދާނެ އެއްވެސް ކަމެއް ނޫން އެއީ. އަޅުގަނޑަށް އެ ތަނަށް ޑޮކްޓަރުންވެސް ލެވިދާނެ. ހިދުމަތްތައްވެސް ދެވިދާނެ. ވިސްނާލަންވީ އޭގެން މާލޭގައި ތިއްބަވާ ބޭފުޅުންނަށް، ތިބޭފުޅުންނަށް ކުރާނީ ކޮންފައިދާއެއްތޯ.؟"އައިޖީއެމްއެޗް ކައިރީގައި ރައީސް ޔާމިންގެ ސަރުކާރުން ބޮޑު ޚަރަދުކޮށްގެން އަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލަށް އިޝާރަތް ކުރައްވަމުން ރައީސް ވިދާޅުވިއެެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އައިޖީއެމްއެޗް ކައިރީގައި އަޅާ ޓަވަރުގެ ސަބަބުން ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި ވަގުތުތަކަށް ބަދަލެއް ނާންނަ ކަމަށެވެ. އޭގެ ބަދަލުގައި އާސަންދައަށް ކުރާ ބާރު އިތުރަށް ބޮޑުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރަންވީ ކަމަކީ ލާ މަރުކަޒުކޮށް އެކި ސަރަހައްދުތަކުން ސިއްހީ ޚިދުމަތްތައް ލިބޭނެ ގޮތް ހެދުން، އަޅުގަނޑުމެން ކުރަން ނިކުމެ މި ތިބީ އެކަންތައްތަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ ލާމަރުކަޒު ކޮށްގެން ރާއްޖެ ތަރައްގީ ކުރުން ކަމަށެވެ. މާލެ ސަރަހައްދަށް މީހުން ޖަމާވާގޮތަށް މަޝްރޫއުތަށް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ސޯލިހް ވަނީ ރާއްޖޭގައި ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށްގެންދާކަން ފާހަގަ ކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު


7

ބްރޯ

10-Jan-2022

ކަލެއަކީ ނުކިޔަވާ ހުރި މިދުނިޔެއަށް ލޯ ހުޅުވިފައިހުރި މީހެއް ނޫންވީމަ , މީހުން ބޯކާލަން ތިޔަ ކަހަލަ ސްޕީޗް މީހުން ލައްވާ ލިޔެގެން ދެއްކިދާނެ!! ކަލެއަކީ އިލްމީ ގޮތުން ސިކުނޑި ތަނަވަސް މީހެއް ނޫ ްވީމަ ގައުމަށް އެންމެ ފައިދާ ބޮޑު ގޮތެއް ނޭގޭނެ!! ޢަނެއްކާ މިއަދާއި ހަމައަށް އައި އިރު ރައްޔިތުންނާއި , ގައުމަށް އައި ކުރި އެރުމެއް ނެތް!!!


-13

ހިޔާ

10-Jan-2022

ބީތާޔަކަށް ނޫނީއެނގޭނެ ދަރުމވަންތަ ހޮސްޕިޓަލް ބިނާކުރެއްވީ ގަވްމުންބޭރަށް ފަރުވާހޯދަން ދިއުން މަދު ކުރުންކަން!!!!