އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާއިން ފުލުހުންގެ ދައުރަށް ހުރަސް އެޅިކަމަށް ބުނެ 28 މީހަކު ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނީ އޭގެތެރެއިން 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލާފައިވާކަމަށެވެ. އަދި އެ 2 މީހުންނަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 މީހުންކަމަށް ފުލުހުން ބުނެއެވެ. އޭގެތެރޭގައި އަންހެނެއްވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހައްޔަރުކުރި މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފައެވެ. އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތު އެ މީހާގެ މައްޗަށް ފުލުހުން ކުރިއެވެ.

ސަރުކާރުން މިހާރު ވަނީ އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިޔާ އައުޓް" ހަރަކާތް ބޭއްވުމުގެ ފުރުސަތު ނުދޭން ނިންމާފައެވެ. ނަމަވެސް ރައީސް ޔާމިން ޖަލުން މިނިވަންވެ ވަޑައިގެންނެވި ފަހުން "އިންޑިޔާ އައުޓް" ހަރަކާތް ވަނީ ވަރުގަދަކޮށް އިތުރަށް ފުޅާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު