ފ. ނިލަންދޫގައި ކުޑަކުދިންތަކެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެއް ކުއްޖެއްގެ ބޮލަށް އަނިޔާކޮށް ޒަހަމް ކޮށްލުމުން އިތުރު ފަރުވާއަށް ރޭ މާލެ ގެނެސްފިއެެވެ.

ނިލަންދޫގައި ކުޑަކުދިންތަކެއްގެ މެދުގައި ރޭ ދަންވަރު ހިނގި މި މާރާމާރީގައި އެއްކުއްޖެއްގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި މާރާމާރީ ހިނގާފައިވަނީ އަންހެންކުއްޖެއްގެ މައްސަަލައިގައި އެ ކުދިންގެ މެދުގައި އުފެދުނު ދެބަސްވުމަކަށްފަހުއެވެެ.

ބައެއް މީޑިޔާތަކަށް މަައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ ރޭގެ މާރާމާރީގައި އަނިޔާވެފައިވަނީ 17 އަހަރުގެ ކުއްޖަކަށް ކަމަށާއި، އެކުއްޖާގެ ބޮލުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް އެކިވަރުގެ އަނިޔާތަށް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެކުއްޖާގެ ބޮލުގެ ހަތަރު ތަނެއް ފަޅާލައި އަނިޔާ ދީފައިވާއިރު އަނިޔާ ދިނުމަށް ބޭނުން ކޮށްފައި ވަނީ ގާ ފަދަ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ. ހަތް ކުއްޖަކު ބައިވެރިވި މި މާރާމާރީގައި ކުއްޖާއަށް ހަމަލާދީފައިވަނީ 4 ކުއްޖަކު ކަމަށް ނިލަންދޫ ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވިއެވެެ.

ކުޑަ ކުއްޖާގެ ބޮލަށް ލިބިފައިވާ އަނިޔާތައް ދެނެގަތުމަށް މާލެ ގެނެސް ޓެސްޓްތަކެއް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެެވެ. މިމާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު