އޮސްޓްރޭލިއާގައި ކޮވިޑް ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިލިއަނުން މައްޗަށް އަރައިފިއެވެ.
މީގެ ތެރެއިން ގިނަ ބަޔަކު ކޮވިޑް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވަނީ ހުސްވި ހަފްތާގައިކަމަށް އޮސްޓްރޭލިއާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ. އަދި ކުއްލިއަކަށް ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދުތައް މައްޗަށް ގޮސްފައިވަނީ ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް ކަމަށްވާ އޮމިކްރޯނާއި ހެދިކަމަށްވެސް އޮސްޓްރޭލިއާގެ ސިއްހީ މާހިރުން ލަފާކުރެއެވެ.
ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލީގެ ހާލުބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަތިވަމުންދާކަމަށްވެސް އޮސްޓްރޭލިއާގެ ސިއްހީ ވުޒާރާތަކުން ހާމަކޮށްފައިވެއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް އޮސްޓްރޭލިއާގެ 1.03 މިލިއަން މީހުންނަށް ކޮވިޑު ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 2387 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު