ބަނގުރާ ކައްކައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
ބަނގުރާ ކައްކައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ
ދ. މީދޫގައި ބަނގުރާ އުފައްދައި، އެތަކެތި ބޭނުންކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެ ރަށުން މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދ. މީދޫ، ފިނިހިޔާ، އުމުރުން 40 އަހަރުގެ ޢަބްދުالله ނަޞީރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 23 ވަނަ ދުވަހު މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރުމަށްފަހު، އޭނާ ދިރިއުޅެމުންދާ ކޮޓަރި ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ގޭގައި ބަނގުރާ ކެއްކުމަށާއި އުފެއްދުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ އާލާތްތައް ވަނީ ފެނިފައެވެ.

ފުލުހުން ބުނި ގޮތުގައި، ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އޭނާ ބަންދުގައި ބަހައްޓަން 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް