މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ 26 އަހަރުގެ ދިވެހި އަންހެން މީހާ މިއަދު ހަވީރު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބުނު އެ އަންހެން މީހާ ނިޔާވެފައިވަނީ މިއަދު ހަވީރު 17:26 ހާއިރު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ނިޔާވި އަންހެން މީހާގެ އިތުރުން، އޭނާ އިން ސައިކަލު ދުއްވި 22 އަހަރުގެ ފިރިހެނަކާއި އަނެއް ސައިކަލު ދުއްވި ތ. ދިޔަމިގިލި، އައްސޭރި، އުމުރުން 21 އަހަރުގެ މާހު ހަސަން ހިމެނެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ވަނީ މާހު ހަސަން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ހޯދާފައެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި މާހު އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ. އަދި އޭނާ އެ ވަގުތު ސައިކަލު ދުއްވާފައިވަނީ އާންމުންގެ ރައްކާތެރިކަމަށް ނުބަލައި، ބާރު ސްޕީޑުގައި ޒިގްޒެގް ކޮށެވެ. މީގެއިތުރުން، ލައިސަންސް ނެތި ސައިކަލު ދުއްވައިގެން މިއަހަރު ތެރޭގައިވެސް 4 ފަހަރެއްގެ މަތިން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު