ސިނަމާލެ ބްރިޖުމަތިން ބުދަ ދުވަހުގެރޭ ދަންވަރު ކަނޑަށް ފުންމާލުމުން އެމްއެންޑީއެފުން ސަލާމަތްކުރި ބިދޭސީ ފިރިހެން މީހާ، އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުދަ ދުވަހުގެރޭ ދަންވަރު 00:44 ހާއިރު ކަމަށެވެ. މި މަޢުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް އެމީހާ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮށްވައި ސަލާމަތްކޮށްފައެވެ.
އުމުރުން 31 އަހަރުގެ ބަންގްލަދޭޝް މިޙާ އިތުރު ތަޙުޤީޤަށާއި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރުމުން، ފުލުހުން ވަނީ އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ހައްޔަރުކޮށްފައެވެ.
އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ޤާޟީ ނާޒިރު މުޢައްޒަމިލް ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ދީފައެވެ. އޭނާއަކީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށްވެސް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، އަމިއްލަ ނަފްސަށް ގެއްލުން ދޭން އުޅުމުގެ ތުހުމަތެވެ. އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކޯޓުން ވަނީ އޭނާ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު