ވެކްސިން ނުޖަހާ މީހުންނަށް ކޮވިޑުގެ ނުރައްކާތެރި ވޭރިއަންޓް، އޮމިކްރޯން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ކޮވިޑް ކޭސްތައް އިތުރުވަމުން ދަނީ މިނުރައްކާތެރި ވޭރިއަންޓުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިއީ ޑެލްޓަރ ވޭރިއަންޓަށްވުރެ ދަށްކޮށް ސިއްޙީ ގޮތުން ގެއްލުންދޭ ވޭރިއަންޓަކަށް ވިޔަސް، އޮމިކްރޯނަކީ އަދިވެސް ނުރައްކާތެރި ވޭރިއަންޓެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހެއެވެ.

"ސިއްޙީ ގޮތުން ގެއްލުންދޭ މިންވަރު ޑެލްޓަރ ވޭރިއަންޓަށް ވުރެއް ދަށްވިޔަސް އޮމިކްރޯން ވޭރިއަންޓުގެ ނުރައްކާތެރިކަން ވަރަށް ބޮޑު ވެކްސިން ނުޖަހާ ފަރާތްތަކަށް." ޑަބްލިއުއެޗްއޯގެ ޗީފް، ޓެެޑްރޯސް އަދަނަމް ވިދާޅުވިއެވެ.

ޓެޑްރޯސް ވިދާޅުވީ ދުނިޔޭގެ އެކި ހިސާބު ތަކުގައި ވެކްސިން ނުޖަހާ އެތައް ބަޔަކު އެބަތިބިކަމަށާއި، މިހެން ކަމުން އޮމިކްރޯން ވޭރިއަންޓުގެ ބިރު އަދި ނުކެނޑޭކަމަށެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތައް އިތުރުވުމުން، މިބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އާބާދީގެ 40 އިންސައްތަ މީހުންނަށްވެސް ކޮވިޑުން ރައްކާތެރިވާން ވެކްސިން ފުރިހަމަނުކުރެވި 90 ގައުމު އަދިވެސް ވަނީ ލިސްޓުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން