ބޮލި ހޮވުމުގައި އެތައް އަހަރެއްގެ ތަޖުރިބާ ލިބިފައިވާ ލ. ފޮނަދޫ، މަރިޔަމް ހަސަން އޭނާގެ ބޮލި ކަލެކްޝަން މާކެޓްކޮށް ވިއްކޭނެ ގޮތެއް ނެތް ވާހަކަ އާންމުންނާ ހިއްސާކޮށް، ކަންބޮޑުވުންފާޅުކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނެވެ. އެއާއެކު އޭނާއަށް ލިބުނު ޚިޔާލުތަކާއި މަޝްވަރާތަކާއެކު އޭނާ ބޭނުންވީ މުޅިން އާ ތަޖުރިބާއެއް ކޮށްލާށެވެ.

ކޮންމެއަކަސް އޭގެ ހަފްތާއެއްހާ ދުވަސްފަހުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ކޮމިއުނިޓީ އޮންލައިން ޝޮޕް، އީޓުކުރި މެދުވެރިކޮށް ބޮލިތައް މާކެޓްކޮށް ވިއްކަން ޖެހުމަށްފަހު ކުރެވުނު އުފާވެރި ތަޖުރިބާ ހިއްސާކުރަމުން މަރިޔަމް ބުނީ "އީޓުކުރި" އަކީ ބޮލި ވިއްކަން ކުރިމަސައްކަތުގައި އޭނާއަށް ލިބުނު ވަރަށް ފޮނި އުއްމީދެއްކަމަށެވެ. ކުރެވުނު ވަރަށް އާ ތަޖުރިބާއެއް ކަމަށެވެ. އަދި މިއީ ކުދި އަމިއްލަ ވިޔަފާރިތަކަށް އެތައް ލުއިފަސޭހަކަމެއް ގެނެސްދޭނެ އޮންލައިން ފިހާރައެއް ކަމަށް މަރިޔަމް ބުންޏެވެ.

"އަތޮޅުތަކުގެ ރަށްރަށުގައި ކުރާ ކުދި އަމިއްލަ ވިޔަފާރި މާކެޓްކޮށް ސާމާނު ވިއްކައިދިނުމަށް އީޓުކުރިން ކުރާ މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް. ރަށްރަށުގައި ކުދިވިޔަފާރި ކުރާ މީހުން މިތިބެނީ ތަކެތި ވިއްކޭނެ ގޮތެއް ނެތިފައި. ބަޔަކު މީހުން އެ ތަކެތި ވިއްކައިދޭން އެހީތެރިވުމަކީ އެތައް ގޮތަކުން ފަސޭހަވާނެ ކަމެއް." "ރަސްއޮންލައިން" އާ އީޓުކުރީގެ ތަޖުރިބާ ހިއްސާކުރަމުން މަރިޔަމް ބުންޏެވެ.



(އީޓުކުރި މެދުވެރިކޮށް މަރިޔަމް ވިއްކާ ބޮލިތައް)

މަރިޔަމް ބުނީ އީޓުކުރި މެދުވެރިކޮށް ބޮލި ވިއްކައި ވިޔަފާރިކޮށްލަން ވަރަށް ފަސޭހަކަމަށާއި، ކުދި ވިޔަފާރިތަކުން އީޓުކުރި އިހުތިޔާރުކުރުމަކީ ވަރަށްވެސް ރަނގަޅު ފައިދާހުރި ކަމެއްކަމަށެވެ.

"ތަކެތި ވިއްކަން ވަރަށްވެސް ފަސޭހަ. މީހަކު ބޮލި ގަންނަން ބޭނުންވީމަ އެމީހުން އަޅުގަނޑަށް ގުޅާނެ. ގުޅާފަ ބުނާނެ ކިތައް ކިލޯގެ ބޮލިކަން ބޭނުންވަނީ. ދެން ކިރާލާފަ ހަވާލުކޮށްލަންވީ." މަރިޔަމް ބުންޏެވެ.

ލ. ފޮނަދޫ ވާދީގެ މަރިޔަމް މޫސާ ވިއްކާ ބޮލި މިހާރު ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް އީޓުކުރި މެދުވެރިކޮށް ގަނެވޭނެއެވެ. އީޓުކުރި އޮންލައިން ޝޮޕަކީ މަރިޔަމް ފަދައިން ރަށްރަށުގެ އުފެއްދުންތައް މާކެޓްކޮށް ވިއްކާލެވޭނެ އިތުބާރުހުރި އޮންލައިން ފިހާރައެކެވެ.



އީޓުކުރި އަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އޮންލައިންކޮށް ވިޔަފާރިކުރުމާއި، ތަފާތު ބާވަތްތަކުގެ މުދާ ގަނެވިއްކުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން އުފައްދާފައިވާ އީ-ކޮމަރސް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމް މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވިއްކާ މުދާ އެއްފުރާޅެއްގެ ދަށުން ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން މީސްމީޑިއާގައި ހިންގާ ވިޔަފާރިތަކުން ވިއްކާ މުދާވެސް މިޕްލެޓްފޯމް މެދުވެރިކޮށް ވިއްކާލެވޭނެއެވެ.

ރަށްރަށުގެ އުފެއްދުންތަކަށް ހާއްސަ އީޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕުން ރަށްރަށުގެ އުފެއްދުންތެރިންނަށް އަމާޒުކޮށް، އެއުފެއްދުންތެރިންގެ އުފެއްދުންތައް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު ލިބިގެންދެއެވެ. އެގޮތުން ކޮމިއުނިޓީ އޮންލައިން ފިހާރައިގެ ހިދުމަތް ޕޯސްޓު އޮފީހުގެ ޚިދުމަތްދޭ ހުރިހާ ރަށަކުން މިހާރު ލިބެންހުރެއެވެ.



ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތައް އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެ ވިޔަފާރިތައް ކުރިއަރުވައި، އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ފުރުސަތުތައް ހޯދައިދިނުމަކީ ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން މިފަދަ އޮންލައިން ފިހާރައެއްގެ ސަބަބުން، ރަށްރަށުގެ ތިބީ ތަފާތު އުފެއްދުންތެރިންގެ އުފެއްދުންތައް އިޝްތިހާރުކޮށްދީ، މޯލްޑިވްސް ޕޯސްޓްގެ ނޭޝަންވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޑެލިވަރކޮށްދިނުމުން ކުދި ވިޔަފާރިތައް ކުރިއެރުމަށް އިތުރު ހިތްވަރެއްލިބިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން