ފީފާއިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިފަހަރުވެސް ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޮވްސްކީއަށް ލިބިއްޖެއެވެ.
ފީފާއިން ހޮވާ ފުޓްބޯޅައިގެ އެކި ކެޓަގަރީތަކުން އިނާމް ދިނުމަށް ބާއްވާ "ދަ ބެސްޓް" އެވޯޑް ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައެވެ. ސުވިޒަލޭންޑުގައި ފީފާގެ ހެޑްކުއާޓާޒްގައި އޮތް މި ރަސްމިއްޔާތުގައި ބައެއް ކަންކަން ކުރިއަށްދިޔަނަމަވެސް، ރަސްމިއްޔާތުގެ ބޮޑު ބައި ކުރިއަށްދިޔައީ ވަރޗުއަލްކޮށެވެ.
ދަ ބެސްޓް އެވޯޑް ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިފަހަރުވެސް ލިބުނީ މިދިޔަ އަހަރު އެވޯޑް ހާސިލުކުރި ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޮވްސްކީއަށެވެ. އޭނާ މި އެވޯޑް ހާސިލުކުރި މެސީ، އެމްބާއްޕޭ، ރޮނާލްޑޯ، އަދި ނޭމާ ފަދަ މޮޅު ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހުއެވެ.
ދަ ބެސްޓް އެވޯޑުގައި ވޯޓު ދެނީ ގައުމީ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން ފީފާއިން ރަޖިސްޓްރީކޮށްފައިވާ މީޑިއާ އޮފިޝަލުންނެވެ.
48 ޕޮއިންޓާއެކު މިއަހަރުގެ އެވޯޑް ލެވަންޑޮވްސްކީއަށް ލިބުނުއިރު ދެވަނައަށް ދިޔައީ 45 ޕޮއިންޓް ލިބުނު އާޖެންޓީނާގެ ތަރި ލިއޯނެލް މެސީއެވެ. 3 ވަނަ ލިބުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބުނީ 39 ޕޮއިންޓެވެ. މަޝްހޫރު ރޮނާލްޑޯއަށް ލިބުނީ 7 ވަނައެވެ.
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ލިބުނީ ސްޕެއިން އަދި ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސަށެވެ.
ފިރިހެނުންގެ ފުޅުބޯޅައިގައި އެންމެ މޮޅު ކޯޗުގެ މަގާމު ޗެލްސީގެ ތޯމަސް ޓުޗެލްއަށް ލިބުނުއިރު، އަންހެން ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗުކަމުގެ މަގާމު ލިބުނީވެސް ޗެލްސީ އަންހެން ޓީމުގެ ކޯޗު އެމާ ހޭސްއަށެވެ.
ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން މިދިޔަ އަހަރު ރެކޯޑެއް ހަދާފައިވާތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ރޭގެ ރަސްމިއްޔާތުގައި ހާއްސަ އެވޯޑެއްް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު