ކުޅިވަރު މުބާރާތްތަކުގައި ބުރުގާ އެޅުން މަނާ ކުރަން ފްރާންސްގެ ސެނެޓުން ނިންމައިފިއެވެ.

ފްރާންސްގެ ގާނޫނު ހަދާ މަތީ މަޖިލީހުގައި މިދިޔަ އަންގާރަ ދުވަހު ލީ ވޯޓާއިއެކު، ގާނޫނަށް ބަދަލު ގެނަސް ކުޅިވަރު މުބާރާތްތަކުގައި ބުރުގާ އެޅުން މަނާ ކުރަން ވަނީ ފާސްކޮށްފައެވެ.

މިގާނޫނަށް ގެނައި ބަދަލާއެކު، ކުޅިވަރު ފެޑެރޭޝަންތަކުން ހިންގާ އެއްވެސް ކުޅިވަރު މުބާރާތެއްގައި، ދީން ވެރިކަން ދައްކުވައިދޭ ފަދަ އެއްވެސްއެއްޗެއް ހަށިގަނޑުގައި އޮވެގެން ނުވާނެއެވެ. އަދި ހާއްސަގޮތެއްގައި ބުރުގާ ނޭޅުމަށް މިގާނޫނުން ބާރު ދޭނެ ކަމަށް ފްރާންސްގެ ސެނެޓުން ފާހަގަކޮށްފައިވެއެވެ.

ފްރާންސްގެ ސެނެޓުން ބުނާގޮތުގައި، ބުރުގާ އަޅައިގެން ކުޅޭ ކުރިވަރު ތަކުގައި ކުޅުންތެރިންނަށް އަނިޔާވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެގޮތުން ފްރާންސް ވެގެންދަނީ މިފަދައިން ބުނެ ކުޅިވަރުތަކުގައި ގާނޫނީ ގޮތުން ބުރުގާ އެޅުން މަނާ ކުރި ފުރަތަމަ ގައުމަށެވެ.

ފްރާންސްގައި މީގެ ކުރިން ވަނީ މޫނު ބުރުގާ އެޅުން މަނާކޮށް ގަވާއިދެއްވެސް އެކުލަވާލާ ތަންފީޒު ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން