އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ފައިޒަރގެ ކޮވިޑް ވެކްސިން ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ހުއްދަދީފިއެވެ.
އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ފައިޒަރގެ ކޮވިޑް ވެކްސިން ހުއްދަކޮށްފައިވަނީ، އުމުރުން 12 އަހަރުގެ ކުޑަކުދިންނަށް ދޭ ވެކްސިން ޑޯޒުގެ މިންވަރު ދަށްކޮށްގެންނެވެ.
އެގޮތުން ޑަބްލިއުއެޗްއޯއިން ބުނީ 12 އަހަރުގެ ކުދިންނަށް ވެކްސިނުގެ 30 މައިކްރޯގްރާމް ދިނުމަށް ހުއްދަކޮށްފައިވާއިރު، އެއަށްވުރެ ދަށުގެ އުމުރުފުރާގެ ކުދިންނަށް ދޭންވާނީ ވެކްސިނުގެ 10 މައިކްރޯގްރާމްކަމަށެވެ.
ޑަބްލިއުއެޗްއޯއިން ބުނީ 12 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ފައިޒަރ ކުންފުނިން އުފައްދާފައިވާ ކޮވިޑް ވެކްސިނުގެ ތަހުލީލުތަކުން އެއްވެސް ނުރައްކަލެއް ފާހަގަ ކުރެވިފައި ނުވާކަަމަށެވެ.
ނަމަވެސް އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަކީ ވެކްސިން ދިނުމުގައި ލޯ ޕްރައޯރިޓީ ކެޓަގަރީގެ އުމުރުފުރާއެއްކަމަށް ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕުން ވަނީ ކަނޑައަޅާފައެވެ.
އުމުރުން ފަސް އަހަރާއި 11 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ޑަބްލިއުއެޗްއޯއިން ރިކޮމެންޑް ކުރިއިރު، އެމެރިކާ، ކެނެޑާ، އިޒްރާއިލް އަދި ޔޫރްޕިއަން ޔޫނިއަނުން ވަނީ މިއުމުރުފުރާގެ ކުދިންނަށް ފައިޒަރގެ ކޮވިޑް ވެކްސިން ޖެހުމަށް ހުއްދަ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު