އިނގިރޭސިވިލާތައް ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑުން ރައްކާތެރިވާން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ލުއިތަކެއް ދޭން އެގައުމުން ނިންމައިފިއެވެ.

އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން، އިނގިރޭސިވިލާތައް ދަތުރު ކުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓް ހަދާކަށް ނުޖެހޭނެކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޮންސަން ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ނިންމުމެއް ނިންމާފައިވަނީ ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް އިނގިރޭސިވިލާތު ހުޅުވާލައިފައިވާކަން ދެއްްކުމުގެ ގޮތުންކަމަށްވެސް ބޮރިސް ޖޮންސަން ވިދާޅުވިއެވެ.

ދަތުރުވެރިންނަށް އިއުލާންކުރި ލުޔާއެކު އިނގިރޭސިވިލާތުގެ ފަތުރުވެރިކަމާބެހޭ އިދާރާތަކުން ވަނީ މިކަންބަލައިގަނެ، މިލުޔާއެކު އިނގިރޭސިވިލާތަށް ފަތުރުވެރިން އައުން އިތުރުވާނެކަމަށްވެސް ލަފާކޮށްފައެވެ.

މިހާރުގެ ގަވާއިދު ބުނާގޮތުންނަމަ، ވެކްސިން ފުރިހަމަކޮށް އެތެރެވާ ފަރާތްތަކުންވެސް ކޮވިޑް ޓެސްޓެއް ހަދަންޖެހެއެވެ. އަދި ވެކްސިން ނުޖަހާފަރާތްތަކުން ޓެސްޓު ހެދުމުގެ އިތުރުން ކަރަންޓީނުވާންވެސް ޖެހެއެވެ. ނަމަވެސް އާބަދަލާއެކު، ފެބްރުއައީ 11 ވަނަ ދުވަހުން ފެށިގެން ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން، އިނގިރޭސިވިލާތައް ދަތުރު ކުރުމުގެ ކުރިން ކޮވިޑް ޓެސްޓެއް ހަދާކަށް ނުޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން