ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ މަޝްރޫއާއި ތިނަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިމަޝްރޫއުތައް އެމްޓީސީސީއަށް ހަވާލުކުރުމަށް މިއަދު ހެނދުނު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
ކުޅުދުއްފުށި ސަރަޙައްދީ ބަނދަރުގެ މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމާއި މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ހަރުކުރުމާއި އިދާރީ މަސައްކަތްކުރާނެ އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕެއް އިމާރާތް ކުރުން ހިމެނެއެވެ.
138 މިލިއަން ރުފިޔާގެ މިމަސައްކަތް ހަވާލުކޮށްފައިވަނީ 495 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
ތިނަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގް މަޝްރޫއުގެ ދަށުން ބަނދަރުގައި އިދާރީ މަސައްކަތްކުރާނެ އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާ ހައުސް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ވޯކްޝޮޕް އިމާރާތް ކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.
މިމަސައްކަތް ހަވާލުކޮށްފައިވަނީ 330 ދުވަސް ތެރޭގައި ނިންމާގޮތަށް 17 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު