19 އަހަރުގެ ޒުވާނަކު ހިންގާ ޓްވިޓަރ އެކައުންޓެއް ޑީއެކްޓިވޭޓް ކުރަން މަޝްހޫރު ބިލިއަނަރަކު 5000 ޑޮލަރު ހުށައަޅައިފިއެވެ.
"އީލަން މަސްކްސް ޖެޓް"ގެ ނަމުގައި ހިންގާ މި ޓްވިޓަރ އެކައުންޓު ހިންގުން ހުއްޓުވަން ހުށައަޅާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ބިލިއަނަރ އީލަން މަސްކެވެ. މިޓްވިޓަރ އެކައުންޓު ހުއްޓުވަން އެދި 5000 ޑޮލަރުވެސް އީލަން މަސްކް ވަނީ ހުށައަޅާފައެވެ.
'އީލަން މަސްކްސް ޖެޓް' އެކައުންޓު އުވާލުމަށް ނުވަތަ ޑީއެކްޓިވޭޓް ކުރަން އެދިފައިވަނީ، މި އެކައުންޓަކީ ސީދާ އީލަން މަސްކްގެ ޕްރައިވެޓް ޖެޓު ދަތުރު ކުރާ މަންޒިލްތައް ހާމަކުރާ ޓްވިޓަރ އެކައުންޓަކަށް ވާތީއެވެ. އެގޮތުން އީލަން ވަނީ މި ޓްވިޓަރ އެކައުންޓު ހިންގާ ފަރާތާ ސީދާ ގުޅައި، އެއީ ސެކިއުރިޓީ ރިސްކަކަށް ވާތީ އޭނާ ދަތުރު ކުރާ ޕްރައިވެޓް ޖެޓުގެ މައުލޫމާތުތައް ހިއްސާކުރުން ހުއްޓާލައި މިޓްވިޓަރ އެކައުން އުވާލުމަށް އެދިފައެވެ.
އަދި ޓްވިޓަރ އެކައުންޓު އުވާލަން 5000 ޑޮލަރު ހުށައެޅުމުން، އެއަދަދު 50،000 ޑޮލަރަށް ބޮޑު ކޮށްދެވޭނެ ގޮތެއްނެތްތޯވެސް 'އީލަން މަސްކްސް ޖެޓް' އެކައުންޓު ހިންގާ ފަރާތުން އީލަން މަސްކް ގާތު އެދުނުކަމަށްވެސް ވެއެވެ.
ނަމަވެސް މިކަމަށް ވަކި ޖަވާބެއް އީލަން މަސްކް ނުދޭ ކަމަށްވެއެވެ.
އީލަން ވަނީ އޭނާ އުޅޭ ނޫޅޭ ތަންތަން ބަލާ މީހުން ސޯޝަލް މީޑިއާގައި ގިނަވަމުންދިއުމާއިއެކު ސެކިއުރިޓީ ރިސްކަކަށް ވަމުންދާކަން މީގެ ކުރިން ވެސް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު