ފ. މަގޫދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަަސައްކަތްތަކުގެ ތެރޭގައި 47.8 ހެކްޓަރުގެ ބިން ހިއްކުމާއި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 3،339 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 30 މީޓަރުގެ ތިން ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މަގޫދޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހަ ރަށެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކޮށްދޭނެ ފަރާތްތައް ހޯދުމަށް މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. އެ ފުރުސަތު ހުޅުވާލީ އެއާޕޯޓް އެޅުމުން ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް އެ ފަރާތަކަށް ލިބޭ ގޮތަށެވެ.
މަގޫދޫގައި އަޅަން ނިންމާފައިވާ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 207.9 މިލިއަން ރުފިޔާ އަށެވެ. ބިންހިއްކުމުގެ މަސައްކަތް 650 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
މަގޫދޫ ބިންހިއްކުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ކިޔުންތެރިންގެ ހިޔާލު