ތައިލެންޑުގެ އިރުމަތީ ސަރަހައްދުގެ ގޮނޑުދޮށާއި މޫދަށް ތެޔޮއެޅުމާއެކު ތިމާވެއްޓަށް ނުރައްކަލެއްގެ ގޮތުގައި އިއުލާންކޮށް، ގޮނޑުދޮށް ބޭނުން ނުކުރަން އަންގައިފިއެވެ.

ގޮނޑުދޮށާއި މޫދަށް ތެޔޮ އެޅިފައި ވަނީ ތައިލެންޑުގެ އިރުމަތީ ސަރަހައްދުގެ ކަނޑު އަޑީގެ ހޮޅިއެއް ފަޅައިގެން ދިއުމުން ކަމަށްވެއެވެ.

މިއާއެކު ގޮނޑު ދޮށާއި މޫދުން ތެޔޮ ސާފު ކުރުމުގެ މަސައްކަތުގައި 300 އެއްހާ މީހުން ހަރަކާތްތެރިވަމުންދާކަމަށް ތައިލެންޑުގެ ކަނޑުގެ ސިފައިންގެ އިދާރާއިން ހާމަކޮށްފައިވެއެވެ. އެއިދާރާއިން ލަފާކޮށްފައިވާގޮތުންނަމަ ތައިލެންޑުގެ އިރުމަތީ ސަރަހައްދުގެ ގޮނޑުދޮށާއި މޫދަށް 50،000 ލީޓަރުގެ ތެޔޮ އެޅިފައިވެއެވެ.

މިހާދިސާގެ ސަބަބުން ކަނޑު އަޑީގެ ދިރުންތައް ނެތި ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ، ތައިލެންޑުގެ ތިމާވެއްޓާބެހޭ އެކި އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ތެޔޮ އެޅުނު ސަބަބު ތަހުގީގުކޮށް ބަލައިދިނުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން