ކޮޓަރިތަކުގައި މަޖަލަކަށް ކުޅެމުންއައި ޕިލޯ ފައިޓް ނުވަތަ ބާލީހުން ތެޅުން، ފުރަތަމަ ފަހަރަށް މުބާރާތެއްގެ ގޮތުގައި އެމެރިކާގައި ބާއްވައިފިއެވެ.
އެމެރިކާގެ ފްލޮރިޑާގައި ބޭއްވި މިމުބާރާތުގައި 16 ފިރިހެނުންނާއި 8 އަންހެނަކު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް ކުޅެނީ ބޮކްސިންގ ކުރާ ސްޓައިލަށް ބާލިހެއް ހިފައިގެންނެވެ. އެގޮތުން ކޮންމެ ދެބައިވެރިއަކު ވާދަކުރަނީ ދެމިނެޓުގެ ތިން ރައުންޑްގައެވެ.
މިމުބާރާތުގައި އަންހެނުންގެ ކެޓެގަރީއިން ޗެމްޕިއަންކަން ހާސިލުކޮށްފައިވަނީ ބްރެޒިލްގެ ރައްޔިތެކެވެ. އޭނާ މިކާމިޔާބީ ހޯދާފައިވަނީ އެމެރިކާގެ އަންހެނަކާ ވާދަކޮށްގެންނެވެ.
އަދި މިމުބާރާތުގައި ފިރިހެނުންގެ ކެޓެގަރީން ޗެމްޕިއަންކަން ހާސިލުކޮށްފައިވަނީ އެމެރިކާގެ ރައްޔިތެކެވެ.
ޕިލޯ ފައިޓް ޗެމްޕިއަން ޝިޕުގެ ނަމުގައި ކުރިއަށްދިޔަ މިމުބާރާތުގެ ދެޗެމްޕިއަނުންނަށް ވަނީ 5000 ޔޫއެސް ޑޮލަރު އިނާމެއްގެ ގޮތުގައި ދީފައެވެ. އަދި މިމުބާރާތް ރާވާ ހިންގާ ފަރާތުން ވަނީ ޕިލޯ ފައިޓިންގ ބައިނަލްއަގުވާމީ ކުޅިވަރަކަށް ހެދުމަށް މަސައްކަތްކުރާކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު