ފޮޓޯ: ގެޓީ އިމޭޖްސް
ފޮޓޯ: ގެޓީ އިމޭޖްސް
ޕީއެސްޖީގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ ރެއާލް މެޑްރިޑަށް ކުޅެން އެއްބަސްވެއްޖެވެ.

ޖަރުމަނުގެ ނޫހެއްކަމަށްވާ "ބިލްޑް" އިން ރިޕޯޓްކުރާގޮތުގައި އެމްބާޕޭ ރެއާލްމެޑްރިޑަށް ދިއުމަށް އެއްބަސްވެފައިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ ސީޒަނަށެވެ. އެމްބާޕޭ ޕީއެސްޖީ އާއިއެކު ހަދައިފައިވާ އެއްބަސްވުން ޖޫން 2022 އަށް ހަމަވާނެވެ.

ޕީއެސްޖީިން ވަނީ އެމްބާޕޭގެ އެއްބަސްވުން އާ ކުރަންވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މިއަދާ ހަމަށްއަށްވެސް އެއްބަސްވުން އާ ކުރެވޭނެ ގޮތް ވަނީ ނުވެފައެވެ.

ނިމިދިޔަ ޓްރާންސްފާ މާކެޓްގައިވެސް އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑުން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޕީއެސްޖީ ވަަނީ ރެއާލް މެޑްރިޑުން ހުށައެޅި ރެކޯޑް ބިޑަށް ފުރަގަސް ދީފައެވެ.

ފްރާންސް އަދި ޕީއެސްޖީ އަށްވެސް މޮޅު ކުޅުމެއް ކުޅެމުން އަންނަ އެމްބާޕޭ ވަނީ ވޭތުވެދިޔަ 3 ސިީޒަންގައިވެސް ޕްރާންސް ލީގުގެ އެއްމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި މި ސީޒަނުގައި ފްރާންސް ލީގުގައި ވަނީ 20 މެޗުން 10 ގޯލް ޖަހާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން