އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ބޮރިސް ޖޯންސަން، މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން އެދި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކެއް ހުށައަޅައިފިއެވެ.

ބޮރިސް ޖޯންސަން، މަގާމުން ވަކިކުރުމަށް އިތުބާރުނެތްކަމުގެ ވޯޓު ނަގަން ހުށައަޅާފައިވަނީ 2020 ވަނަ އަހަރު އެގައުމުގައި އަޅާފައިވާ ކޮވިޑުން ރައްކާތެރިވުމުގެ ހަރުކަށި ފިޔަވަޅުތަކާއި ހިލާފުވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ. އެގޮތުން މިހާތަނަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ 12 މެމްބަރަކުވަނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓުލާނެ ކަމަށް ސިޓީ ހުށަހަޅާފައެވެ.

ނަމަވެސް ބޮޑުވަޒީރުގެ އިތުބާރުނެތްކަމުގެ ވޯޓުލާނީ އެކަމަަށް އެދި 54 މެމްބަރަކު ހުށައެޅުމުންނެވެ.

2020 ވަނައަހަރު ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް ލޮކްޑައުންކޮށްފައިވަނިކޮށް ބޮރިސް ޖޮންސަން، ގިނަބަޔަކާއެކު ޕާޓީ ކުރިކަން ފަޅާ އަރާފައިވަނީ މިފަހަކުންނެވެ. މިއާއެކު ގާނޫނު ހަދާ މަޖިިލީހާއި، ވަކީލުންނާއި، ސަރުކާރުގެ ބައެއް އިސްމަގާމުތަކުގައި ތިބި ބޭފުޅުންވެސް ވަނީ ބޮރިސް ޖޮންސަން އަށް ފާޑުކިޔާފައެވެ.

ބޮރިސް ޖޮންސަންގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުންވެސް ލޮކްޑައުންގެ މުއްދަތުގައި ޕާޓީ ކުރިކަމަށްބުނެ ތުހުމަތުކޮށް ފޮޓޯތަކެއްވެސް ވަނީ އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން