ފައިޒަރ އަދި ބައޯންޓެކުން، އުމުރުން ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށް ތައްޔާރުކޮށްފައިވާ ކޮވިޑް ވެކްސިން ދިނުމަށް ހުއްދަހޯދަންފަށައިފިއެވެ.

ފައިޒަރ ކުންފުނިން ބުނީ އެމެރިކާގެ އެފްޑީއޭއަށް ހުށައަޅާފައިވަނީ އުމުރުން ފަސް އަހަރާއި ހަމަހާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމުގެ ހުއްދައަށް ކަމަށެވެ. އެގޮތުން ހުއްދައަށް އެދުނުއިރު ފަސް އަހަރުން ދަށުގެ ކުދިންނަށް ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރުމަށް ހުށައަޅާފައިވިނަމަވެސް ވެކްސިނުގެ ތިންވަނަ ޑޯޒެއް ދޭން ޖެހޭނެކަމަށް ފައިޒަރކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ފައިޒަރ އިން ބުނީ ދެޑޯޒާއެކު ވެކްސިން ދޭން ފެށުމުން މިހާރު ކޮވިޑު ފެތުރެމުންދާލެއް ހަލުވިކަމަށް ބަލައި، އެއުމުރުފުރާގެ ކުޑަކުދިންގެ މެދުގައި ކޮވިޑުން ރައްކާތެރިކަން ހޯދުމުގެ މަސައްކަތް ފެށޭނެކަމަށެވެ. އަދި ތިންވަނަ ޑޯޒު އިތުރުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތަހުލީލުތައް ނިންމައި، އެތަހުލީލުތަކުގެ ނަތީޖާއާއެކު ހުއްދަހޯދުމަށް ހުށައަޅާނެކަމަށް ފައިޒަރ ކުންފުނިން ބުނެފައިވެއެވެ.

ފަސް އަހަރުން ދަށުގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުމަށް ހުއްދައަށްއެދި ހުށައަޅާފައިވަނީ، ވެކްސިނުން ފެނިދާނެ ސައިޑް އެފެކްޓްތައް ދަށް ކުރުމަށް ޑޯޒުދަށްކޮށެވެ. އެގޮތުން މިއުމުފުރާގެ ކުދިންނަށް ދޭ ވެކްސިނުގެ ކޮންމެ ޑޯޒެއްގައި ހިމެނޭނީ ވެކްސިނުގެ ތިން މައިކްރޯގްރާމްކަމަށް ފައިޒަރއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން