ބެއިޖިން 2022 - އޮލިމްޕިކް ގޭމްސް ހުޅުވުމުގެ ރަސްމިޔާތުގެ ތެރެއިން ޓޯޗު ރިލޭގައި އދ. ގެ އާންމު މަޖިލީހު ރައީސްގެ ހައިސިއްޔަތުން، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ދަންމަރާއެކު ރިލޭގައި ދުވެވަޑައިގެންނެވުމަށްފަހު ވާހަކަފުޅުދައްކަވަމުން, އދ. ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވީ އޮލިމްޕިކްސް ރަމްޒު ކޮށްދެނީ އިންސާނިއްޔަތުކަން އެންމެ ފުރިހަމަ މާނައިގައި ތަމްސީލް ކޮށްދޭ ކަމެއްގެ ގޮތުގައެވެ. އަދި އެމަނިކުފާނަށް މި ޝަރަފު ލިބިވަޑައިގެންނެވި ކަމީ ވަރަށް ބޮޑު ފަހުރެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެކި އުމުރު ފުރައިގެ 1200 އެއްހާ މީހުން ބައިވެރިވި މި ޓޯޗް ރިލޭގައި ހެލްތު ވޯކަރުންނާއި ކިޔަވާ ކުދިންނާއި ޓީޗަރުން އަދި އެހެނިހެން ދާއިރާތަކުގެ މީހުންވެސް ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން