ބައިނަލްއަގުވާމީ މީޑިއާތަކާއި ދުނިޔޭގެ ބައެއް މީހުންގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ އެއް ކަމަކީ މޮރޮކޯގެ އުތުރު ސަރަހައްދެއްގެ އަވަށެއްގެ ފުން ވަޅަކަށް ވެއްޓުނު ކުއްޖަކު ނެގުމުގެ މަސައްކަތަށެވެ.
ރަޔާން ނަމަކަށް ކިޔާ 5 އަހަރުގެ މި ކުއްޖާ، އޭނާ އުޅޭ ގޭ ކައިރީގައި ކޮނެފައިވާ 100 ފޫޓެއްހާ ފުން ވަޅަކަށް ވެއްޓުނީ މީގެ 5 ދުވަސްކުރިން މިދިޔަ އަންގާރަދުވަހުއެވެ. ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ކުރަމުންދާއިރު މުޅި ގައުމުގެ ސަމާލުކަން ވަނީ އެކަމަށް ހުއްޓިފައެވެ.
5 އަހަރުގެ ކުއްޖާ ވެއްޓުނު ވަޅަކީ 32 މީޓަރު ނުވަތަ 104 ފޫޓުގެ ފުން ވަޅެކެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ ގާތްގަނޑަކަށް 18 އިންޗިއެވެ. އަދި ފުނަށް ދާވަރަކަށް އެ ވަޅުގެ ހަނިކަން އިތުރުވެއެވެ. އެހެންކަމުން ވަލެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން މީހަކު ވަޅަށް ފައިބައިގެން ކުއްޖާ ނެގޭ ވަރަށް ވުރެ ފަޅުގެ އަޑި މާ ހަންޏެވެ.
ވަޅުގައި އޮތް ކުއްޖާއަށް ވަލެއްގެ އެހީގައި ފެނާއި، ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިން ނަމަވެސް އެތަކެތި އެކުއްޖާ ބޭނުންކުރާކަން ކަށަވަރެއް ނުވެއެވެ.
ކުއްޖާ ސަލާމަތްކުރުމަށް ހުއްޓުމެއްނެތި ކަމާއިބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، އެމީހުން މަސައްކަތް ކުރަނީ ވަޅާއި ކައިރިން ކޮނެގެން ކުއްޖާ ސަލާމަތްކުރެވޭނެ ގޮތެއް ހޯދުމަށެވެ.
ހަބަރުތައް ބުނާގޮތުން ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަސައްކަތެވެ. ނަމަވެސް އެމަސައްކަތް ކުރާއިރު، އިތުރު ހާދިސާއެއް ދިމާނުވާނެ ގޮތަކަށް މަސައްކަތްކުރުމުގައި ކަމާއިބެހޭ ފަރާތްތަކަށް ގޮންޖެހުންތައް ބޮޑެވެ.
ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް މިހާރުވެސް އެ ސަރަހައްދުގައި ސިއްހީ ހިދުމަތްތެރިން ތައްޔާރަށް އެބަތިއްބެވެ. އަދި އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް އެ ތަނުގައި ހެލިކޮޕްޓަރެއްވެސް ތައްޔާރީ ހާލަތުގައި އެބައޮތެވެ.

Rescue workers are edging closer to a 5-year-old boy who has been trapped for five days in a #well in northern #Morocco, a case that has gripped the country. A helicopter is waiting to ferry the boy to a hospital as he is freed.#rayan_moroccohttps://t.co/HNdVxggvau pic.twitter.com/2nMSfXmg0n
— Al Arabiya English (@AlArabiya_Eng) February 5, 2022
ވަޅުގައި އޮތް ކުއްޖާއަށް ވަލެއްގެ އެހީގައި ފެނާއި، ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިން ނަމަވެސް އެތަކެތި އެކުއްޖާ ބޭނުންކުރާކަން ކަށަވަރެއް ނުވެއެވެ.
ކުއްޖާ ސަލާމަތްކުރުމަށް ހުއްޓުމެއްނެތި ކަމާއިބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، އެމީހުން މަސައްކަތް ކުރަނީ ވަޅާއި ކައިރިން ކޮނެގެން ކުއްޖާ ސަލާމަތްކުރެވޭނެ ގޮތެއް ހޯދުމަށެވެ.
ހަބަރުތައް ބުނާގޮތުން ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އެންމެފަހުގެ މަސައްކަތެވެ. ނަމަވެސް އެމަސައްކަތް ކުރާއިރު، އިތުރު ހާދިސާއެއް ދިމާނުވާނެ ގޮތަކަށް މަސައްކަތްކުރުމުގައި ކަމާއިބެހޭ ފަރާތްތަކަށް ގޮންޖެހުންތައް ބޮޑެވެ.
ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް މިހާރުވެސް އެ ސަރަހައްދުގައި ސިއްހީ ހިދުމަތްތެރިން ތައްޔާރަށް އެބަތިއްބެވެ. އަދި އެ ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންދިއުމަށް އެ ތަނުގައި ހެލިކޮޕްޓަރެއްވެސް ތައްޔާރީ ހާލަތުގައި އެބައޮތެވެ.
ކިޔުންތެރިންގެ ހިޔާލު