މޮރޮކޯގައި ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ރަޔާންގެ ފުރާނަ ނެތް މަސްގަނޑު ވަޅުން ނަގައިގެން ގެންދަނީ.
މޮރޮކޯގައި ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ރަޔާންގެ ފުރާނަ ނެތް މަސްގަނޑު ވަޅުން ނަގައިގެން ގެންދަނީ.
މޮރޮކޯގައި ވަޅަކަށް ވެއްޓި ތާށިވެފައި އޮތް ކުއްޖާ ވަޅުން ނެގިއިރު މަރުވެފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

ރަޔާން ނަމަކަށް ކިޔާ 5 އަހަރުގެ މި ކުއްޖާ، އޭނާ އުޅޭ ގޭ ކައިރީގައި ކޮނެފައިވާ 100 ފޫޓެއްހާ ފުން ވަޅަކަށް ވެއްޓުނީ މިދިޔަ އަންގާރަދުވަހުއެވެ. އޭނާ ވެއްޓުނު ވަޅަކީ 32 މީޓަރު ނުވަތަ 104 ފޫޓުގެ ފުން ވަޅެކެވެ. ވަޅުގެ ފުޅާ މިނުގައި ހުންނަނީ ގާތްގަނޑަކަށް 18 އިންޗިކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.

ރަޔާން ވެއްޓިފައި އޮތް ވަޅަކީ، ވަލެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން މީހަކު ވަޅަށް ފައިބައިގެން ކުއްޖާ ނެގޭ ވަރަށް ވުރެ ވަޅުގެ އަޑި މާ ހަނި ވަޅެއްކަމުން ރަޔާން ސަލާމަތްކޮށްފައިވަނީ ވަޅާއި ކައިރިން ކޮނެގެންނެވެ. އަދި ވަޅުގައި އޮތް ކުއްޖާއަށް ވަލެއްގެ އެހީގައި ފެނާއި، ކާނާއާއި، އޮކްސިޖަން ފޯރުކޮށްދިންކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ. ނަމަވެސް އެތަކެތި އެކުއްޖާ ބޭނުންކުރިކަން ކަށަވަރެއް ނުވެއެވެ.

ފަސް ދުވަސް ވަންދެން މިވަޅުގެ ތެރޭގައި ތާށިވެފައި އޮތް ރަޔާން ސަލާމަތް ކުރަން މަސައްކަތްކުރި ރެސްކިއު ޓީމުން ރަޔާން ސަލާމަތްކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް ސަލާމަތް ކުރަން ރެސްކިއު ޓީމަށް ދެވުނު އިރު ރަޔާން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ރަޔާންގެ ފުރާނަ ނެތް މަސްގަނޑު ވަޅުން ނެގިއިރު އެސަރަހައްދަށް ގިނަބަޔަކު އެއްވެފައިވެއެވެ. މީގެއިތުރުން، ރަޔާން ސަލާމަތްކުރުމަށް ކުރަމުންދިޔަ މަސައްކަތަށް ބައިނަލްއަގުވާމީ މީޑިއާތަކާއި ދުނިޔޭގެ ގިނަބައެއްގެ ސަމާލުކަންވެސް ލިބިގެންދިއައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން