މަޑަގަސްކަރަ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
މަޑަގަސްކަރަ މަތިން ނަގާފައިވާ ސެޓްލައިޓް ފޮޓޯއެއް
މަޑަގަސްކަރައަށް އެރި ނުރައްކާތެރި ތޫފާނެއްގައި ބޮޑެތި ގެއްލުންތަކެއް ލިބި، ބަޔަކު މަރުވެއްޖެއެވެ.

އެފްރިކާގެ އިރުން، އިންޑިއާ ކަނޑުގައި އޮންނަ މަޑަގަސްކަރައަށް އެރި ތޫފާނުގައި ގަޑިއަކު 100 މޭލު ބާރުމިނުގައި ވައިޖެހި، ބައެއް ސަރަޙައްދުތައް އެއްކޮށް ސުންނާފަތިވެ ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތްތައް ވަނީ ކެނޑިފައެވެ.

ހަބަރުތައް ބުނާގޮތުން 30 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ މަޑަކަސްކަރައަށް އެރި ތޫފާނުގައި ލިބުނު ގެއްލުންތަކުގައި 10 މީހަކު ވަނީ މަރުވެފައެވެ. އަދި 48000 އެއްހާ މީހުންގެ ގެދޮރު ވަނީ ގެއްލިފަވެއެވެ.

ތޫފާނުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސްކޫލްތަކާއި ބޮޑެތި އިމާރާތްތައް ސަރުކާރުން ވަނީ ވަގުތީ ހިޔާގެ ގޮތުގައި ހަމަޖައްސައިދީފައެވެ.

މިދިޔަމަހުވެސް މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަަރައި، 55 މީހުން މަރުވެ 130،000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން