އައްޑޫ ސިިިިޓީ ކައުންސިލް ބައްދަލުވުމެއް ހިނގަނީ
އައްޑޫ ސިިިިޓީ ކައުންސިލް ބައްދަލުވުމެއް ހިނގަނީ
އައްޑޫސިޓީގެ ރައްޔިތުން ދެއްކި ފިތުރު ޒަކާތް ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަހައިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މި އަހަރުގެ ފިތުރު ޒަކާތުގެ ތަފާސް ހިސާބުތަކާއި އެކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، 12494 މީހުން މި އަހަރު ފިތުރު ޒަކާތް ދައްކާފައިވާކަމަށެވެ. އަދި ފިތުރު ޒަކާތުގެ ގޮތުގައި މި އަހަރު 349079.37 ރުފިޔާ ލިބިފައިވާ ކަމަށެވެ. ފަޤީރުންގެ ގޮތުގައި 1031 މީހަކު ވަނީ ރަޖިސްޓަރީ ކޮށްފައެވެ.

އެންމެ ގިނަ އަދަދެއްގެ މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ 541 މީހުން ރަޖިސްޓްރީ ކޮށްފައިވާ ހިތަދޫއިންނެެވެ. އެރަށުން ފިތުރު ޒަކާތުގެ ގޮތުގައި 6348 މީހުން ފައިސާ ދައްކާފައިވާއިރު، ފިތުރު ޒަކާތުގެ ގޮތުގައި އެރަށުން 182430.61 ރުފިޔާ ވަނީ ލިބިފައެވެ.

ދެވަނައަށް އެންމެ އާބާދީ ބޮޑު ފޭދޫއިން 2118 މީހަކު 63132.69 ރުފިޔާ ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިވާއިރު 111 މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވެއެވެ. އެރަށުން ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ލިބޭނީ 568.76 ރުފިޔާއެވެ.

މަރަދޫއިން ފަޤީރުންގެ ގޮތުގައި 72 މީހަކު ރަޖިސްޓަރީ ކޮށްފައިވާއިރު އެއިން ކޮންމެ މީހަކަށް ފިތުރު ޒަކާތުގެ ގޮތުގައި ލިބޭނީ 588.94 ރުފިޔާއެވެ. މަރަދޫއިން 1554 މީހުން ޒަކާތް ދައްކާފައިވާއިރު ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 42403.68 ރުފިޔާ ލިބިފައިވެއެވެ.

މަރަދޫފޭދޫއިން ފިތުރު ޒަކާތުގެ ގޮތުގައި 21494.39 ރުފިޔާ ލިބިފައިވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓާރ ކޮށްފައިވަނީ 62 މީހެކެވެ. އެ ރަށުން 840 މީހުން ޒަކާތް ދައްކާފައިވާއިރު ކޮންމެ މީހަކަށް ލިބޭނީ 341.18 ރުފިޔާއެވެ.

ހުޅުދޫއިން ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ 136 މީހުންނެވެ. ފިތުރު ޒަކާތުގެ ގޮތުގައި 560 މީހަކު ޖުމްލަ 14835 ރުފިޔާ ވަނީ ދައްކާފައެވެ. ފިތުރުޒަކާތުގެ ގޮތުގައި މީހަކަށް ލިބޭނީ 109.08 ރުފިޔާއެވެ.

މީދޫ އިން ފިތުރު ޒަކާތުގެ ގޮތުގައި 24783 ރުފިޔާ ދައްކާފައިވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވަނީ 109 މީހެކެވެ. އެހެންކަމުން ފިތުރު ޒަކާތުގެ ގޮތުގައި ކޮންމެ މީހަކަށް ލިބޭނީ 227.37 ރުފިޔާއެވެ. އެ ރަށުން ޒަކާތް ދައްކާފައިވަނީ 1074 މީހުންނެވެ.

އައްޑޫއިން ޒަކާތް ޙައްޤުވާ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ޒަކާތުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށް އައްޑޫ ކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން