މެލޭޝިއާގެ އިގްތިސާދީ ހާލަތު ކުރި އެރުވުމަށްޓަކައި، މެލޭޝިއާގެ ބޯޑަރުތައް ހުޅުވާލުމަށް އެގައުމުގެ ކޮވިޑްގެ ކަންކަމާ ބެހޭ ނެޝަނަލް ރިކަވަރީ ކައުންސިލުން ލަފާ ދީފިއެވެ.

މެލޭޝިއާގެ ނެޝަނަލް ރިކަވަރީ ކައުންސިލުގެ ޗެއަރމަން މުހިއްޔުދީން ޔާސިން ވިދާޅުވިގޮތުގައި ކޮވިޑާ ގުޅިގެން މެލޭޝިއާގެ އިގުތިސޯދަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން ވީހާވެސް އަވަހަކަށް އަރައިގަތުން މުހިންމެވެ. އެގޮތުން މިހާރުގެ ހާލަތަށް ބަލައި ބޯޑަރުތައް ހުޅުވުމަކީ އެންމެ ފައިދާ ހުރި ގޮތްކަމުން، އެފަދައިން ސަރުކާރުގެ އިދާރާތަކަށް ލަފާދީފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ބޯޑަރުތައް ހުޅުވުމުގެ ތައްޔާރީތައް އަވަސްކޮށް މާރޗް މަހުން ފެށިގެން މެލޭޝިއާ ހުޅުވާލުން އެންމެ ރަނގަޅުކަމަށް މެލޭޝިއާގެ ނެޝަނަލް ރިކަވަރީ ކައުންސިލުން ވަނީ ލަފާދީފައެވެ.

ނެޝަނަލް ރިކަވަރީ ކައުންސިލުގެ ލަފާގެ މަތިން މެލޭޝިއާގެ ބޯޑަރުތައް ހުޅުވަން ހަމަޖެހިފައިވަނީ ހުރިހާ ގައުމަކުންވެސް އެގައުމަށް ދަތުރު ކުރެވޭ ގޮތަށެވެ.

އެއްވެސް އެހެން އެގައުމަކުން މެލޭޝިޔާއަށް އެތެރެނުވެވޭގޮތައް ބޯޑަރުތައް ބަންދުކޮށްފައިވަނީ ކޮވިޑާއި ގުޅިގެން އެގައުމުގައި ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް ފުރަތަމަ ފަހަރަށް ކުރި ލޮކްޑައުނާއެކުއެވެ. އޭގެ ފަހުން ގިނަ ދުވަސް ތަކަކު ހަމަ އެކަނި މެލޭޝިއާގެ ރައްޔިތުން އަނބުރާ އެގައުމަށް ދިއުމަށް ހުއްދަދީފައި އޮތުމަށްފަހު، މިފަހަކުން ވަނީ މެލޭޝިއާއާއި ސިންގަޕޫރާއި ދެމެދު ދަތުރުފަތުރުގެ ލުއިތަކެއް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން