އިންްޑިއާގައި ސްކޫލްކުދިން ބުރުގާ އެޅުން މަނާ ކުރުމާއި ދެކޮޅަށް މުސްލިމް ސްޓޫޑެންޓްސް ފެޑެރޭޝަނުން އިސްނަގައިގެން ކުރާ މުޒާހަރާތައް އިތުރުވާން ފަށައިފިއެވެ.

އިންޑިއާގެ ކަރްނަޓަކާ ސްޓޭޓްގައި ކުރިއަށްދާ މުޒާހަރާތަކަކީ މިދިޔަ މަހު އެސްޓޭޓްގެ ސަރުކާރު ސްކޫލެއްގައި ބުރުގާ އެޅުން މަނާކުރުމާއިއެކު ފެށި މުޒާހަރާތަކެކެވެ. އަދި އެސްޓޭޓްގެ ގިނަ ސްކޫލް އަދި ކޮލެޖްތަކުން މިހާރުވަނީ ބުރުގާ އަޅައިގެން ސްކޫލާއި ކޮލެޖަށް ނުވަދެވޭނެ ގޮތަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލާފައެވެ.

ނަމަވެސް އެ ނިންމުމާއި ދެކޮޅަށް ކުރާ މުޒާހަރާތައް އިތުރުވެފައިވަނީ ބުރުގާ އެޅުން މަނާ ކުރުމަށް ބާރު ލިބޭގޮތަށް މިމަހުގެ ފަސްވަނަ ދުވަހު ކަރްނަޓަކާ ސްޓޭޓުން ނެރުނު ބަޔާނަކާއި ގުޅިގެންގެނެްނެވެ. އެބަޔާނުގައި ވާގޮތުން، ސްކޫލްތަކުގެ ކުދިން ސްކޫލަށް ހާޒިރުވާންޖެހޭނީ އެސްކޫލެއްގެ މެނޭޖްމަންޓަކުން ކަނޑައަޅާ ޔުނީފޯމެއްގައެވެ.

މިބަޔާން ޓްވީޓް ކުރައްވާ، އިންޑިއާގެ ހުރިހާ ސްކޫލެއްގައި ބުރުގާ އެޅުން މަނާކުރާ ގަވާއިދެއް ތަންފީޒު ކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާކަމަށް ކަރްނަޓަކާ ސްޓޭޓްގެ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން އާބާދީގައި 12 އިންސައްތަ މުސްލިމުން ހިމެނޭ ކަރްނަޓަކާ ސްޓޭޓްގެ ދަރިވަރުން ކުރަމުންދިޔަ މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ވަނީ ތިން ދުވަހަށް އެސްޓޭޓްގެ ސްކޫލްތައް ބަންދުކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން