ދެއަހަރަށް ފަހު ފިލިޕީންސުން ބައިނަލް އަގުވާމީ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

ފަތުރުވެރިކަމަށް ބަރޯސާވާ ފިލިޕީންސަށް ކޮވިޑާ ގުޅިގެން އިގްތިސާދީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެންމެ ބޮޑު ގޮންޖެހުމަކަށްވީ ދެއަހަރެެއްހާ ދުވަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ބޯޑަރުތައް ބަންދު ކުރަން ޖެހުމެވެ. ކޮވިޑާ ގުޅިގެން ފިލިޕީންސުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، ރައްކާތެރި ފިޔަވަޅުތަކަށް ލުއިދީ ބޭރުގެ ގައުމުތަކަށް ފިލިޕީންސުގެ ބޯޑަރުތައް ހުޅުވައިފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ބޯޑަރުތައް ހުޅުވާލުމާއިއެކު ބުރާސްފަތި ދުވަހު އެކަނިވެސް ކެނެޑާ، އެމެރިކާ، ސިންގަަޕޫރު، ތައިލެންޑް، އިންޑޮނޭޝިއާ، މެލޭޝިއާ، ބަހްރައިން އަދި ޗައިނާއިން ވަނީ ފިލިޕީންސަށް ފްލައިޓް ޝެޑިއުލްކޮށްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 12000 އަށްވުރެއް ގިނަ ފަތުރުވެރިން ފިލިޕީންސަށް އެތެރެވާނެކަމަށް އެގައުމުގެ ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

ބޯޑަރުތައް ހުޅުވައި ބޮޑެތި ލުއި ތަކެއް ދިންނަމަވެސް، ފިލިޕީންސަށް ދަތުރު ކުރާއިރު ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަކޮށްފައިވާކަމުގެ ލިއުމަކާއިއެކު ފުރުމުގެ 48 ގަޑީރު ކުރިން ހަދާފައިވާ ކޮވިޑް ޓެސްޓެއްގެ ނެގަޓިވް ނަތީޖާއެއް ހުށައަޅަން ޖެހެއެވެ. އަދި ފިލިޕީންސްގައި ހުންނަ މުއްދަތަށް 35000 ޑޮލަރަށްވުރެއް މަދު ނުން ކޮވިޑް މެޑިކަލް އިންޝިއުރަންސެއް އޮންނަން ޖެހެެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން