ބިޒްނަސް ކްލާހުގެ ސީޓެއް ނުލިބިގެން މައްސަލަޖެއްސުމުން އިނގިރޭސި ރާނީގެ ވަކީލަކު ފްލައިޓަކުން ބާލައިފިއެވެ.

ޗާލްސް ބެނާ، އަދި އޭނާގެ އަންހެނުންނާއި، ދެކުދިން ބްރިޓިޝް އެއަރވޭސްގެ ފްލައިޓްކުން ބާލުވައިފައިވަނީ ޗާލްސް ބެނާގެ ދެކުދިން ބަލަހައްޓާ ނެނީއަށް ބިޒްނަސް ކްލާހުގެ ސީޓެއް ނުލިބިގެން ފްލައިޓުގެ ކްރޫއިންނާއި އޭނާ އާއި ދެމެދު ހިނގާދިޔަ ހޫނު ބަހުސަކަށްފަހުއެވެ.

ޗާލްސް ބުނާގޮތުގައި އޭނާގެ އާއިލާއާއިއެކު ދެކުދިން ބަލަހައްޓާ ނެނީއަށްވެސް ޓިކެޓް ނެގީ ބިޒްނަސް ކްލާހުންނެވެ. ނަމަވެސް ފްލައިޓަށް ބޯޑު ކުރިއިރު ބިޒްނަޒް ކްލާހުގެ ސީޓުތައް ފުލީ ބުކްވެ، ބިޒްނަޒް ކްލާހުގައި ޖާގަ ނެތްކަމަށް ބުނެ ނެނީގެ ސީޓު އެކަނި ޑައުންގްރޭޑްކޮށްފައިވާކަމަށް ޗާލްސް ފާހަގަ ކުރިއެވެ.

ދެކުދިން ބަލަހައްޓާ ނެނީއާއި ކުދިން ވަކިން ބައިތިއްބަން ޖެހުމުން އުނދަގޫވާނެތީ ބިޒްނަޒް ސީޓެއް ލިބޭތޯ މަސައްކަތްކުރުމުން ޗާލްސްގެ އާއިލާ ފްލައިޓުން ބޭލީއެވެ. އިނގިރޭސި ރާނީއަށް ގާނޫނީ ލަފާދޭ ޓީމުގައި ވެސް ހިމެނޭ ޗާލްސް ބުނީ މިކަމުގައި މައްސަލަ ހޫނުވީ ފްލައިޓުގެ ކްރޫއިން މުހާތަބު ކުރިގޮތުންކަމަށެވެ.

އަދި ނެނީގެ ސީޓު ބަދަލު ކުރިކަން ކުރިން އެނގުނުނަމަ، އާއިލާ އެންމެން އެހެން ފްލައިޓަކަށް ބަދަލު ކުރެވުނީސްކަމަށް ޗާލްސް ފާހަގަކުރިއެވެ.

މިކަމުގައި ޗާލްސް އާއި ކްރޫއިންނާ ދެމެދު ހިނގާދިޔަ އަރާރުމުގެ ސަބަބުން 90 މިނެޓަށް ފްލައިޓު ޑިލޭވިކަމަށްވެއެވެ.

މިގޮތަށް ސީޓުތައް އޯވާ ބުކްވާވަރަށް ސީޓުވިއްކުމަކީ ގިނަ އެއާލައިންތަކަކުން ކުރާ އާންމުކަމެކެވެ. މިކަމުން ވިޔަފާރިއަށް ކިތަންމެ ފައިދާވިނަމަވެސް ދަތުރުކުރާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭފަހަރު މަދެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން