މެލޭޝިއާގެ ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީނުގެ ދަރިފުޅަށް ކޮވިޑް ވެކްސިން ޖަހަނީ.
މެލޭޝިއާގެ ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީނުގެ ދަރިފުޅަށް ކޮވިޑް ވެކްސިން ޖަހަނީ.
މެލޭޝިއާގެ ހެލްތު މިނިސްޓަރ ޚައިރީ ޖަމާލުއްދީނުގެ ދަރިފުޅަށް ކޮވިޑް ވެކްސިން ދޭކަމަށް ދައްކަން ހުސް ސިރިންޖެއް ބޭނުން ކުރި ތުހުމަތެއް ހެލްތު މިނިސްޓަރ ދޮގުކޮށްފިއެވެ.

މިނިސްޓަރ ޚައިރީގެ ދަރިފުޅަށް ކޮވިޑް ވެކްސިނުގެ ބަދަލުގައި ވެކްސިން ދިންކަން ދައްކަން ހުސް ސިރިންޖެއް ބޭނުން ކުރިކަމަށް އާންމުންގެ ފަރާތުން ތުހުމަތު ކުރަންފެށީ ވެކްސިން ޖެހި މަންޒަރުގެ ވީޑިއޯއެއް ޓްވިޓަރގައި ހިއްސާ ކުރުމާއެކުއެވެ. އެގޮތުން ގިނަބަޔަކު ވަނީ ސިރިންޖުގައި އެއްވެސް އެއްޗެއް ނެތްކަމަށް ފާހަގަކޮށް އެމަންޒަރަކީ އާންމުންނަށް ދައްކާލި ދަޅައެއްކަމަށް ތުހުމަތުކޮށްފައެވެ. އަދި ވެކްސިން ޖެހިއިރު ކަށިނުފެންނާތީ ވެކްސިންޖެހިކަމަށް ގަބޫލު ނުކުރެވޭކަމަށްވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

މިކަމަށް ރައްދުދީ މިނިސްޓަރ ޚައިރީގެ ދަރިފުޅަށް ވެކްސިން ދިން ނަރުސް ބުނީ އޭނާ ބޭނުން ކުރީ ހުސް ސިރިންޖެއް ނޫންކަމަށާއި، ކޮވިޑް ވެކްސިނުގެ ކުޑަކުދިންނަށް ހާއްސަކުރެވިފައިވާ ޑޯޒުގެ މިންވަރު (ވެކްސިނުގެ 0.2 މލ.) ސިރިންޖުގައި ހިމެނޭކަމަށެވެ. އަދި ވެކްސިން ޖަހާއިރު، ވެކްސިނުގެ ކަށިފެނި ޖެހިލުންވާ ކުދިންނަށް ހާއްސަކޮށް ވެކްސިން ޖަހާއިރު އެކުދިންނަ ކަށިނުފެންނަގޮތަށް އަތްއަޅައިގެން ހުރުމަކީ އާންމުކަމެއްކަމަށް ވެސް އެނަރުސްކުއްޖާ ވަނީ ފާހަގަކޮށްފައެވެ.

ނަރުސްގެ ބަހަށް ބާރުދީ މިނިސްޓަރ ޚައިރީ ވަނީ ވެކްސިން ޖެހުމާއި ގުޅޭގޮތުން ދޮގު ތުހުމަތު ނުކުރުމަށް އެދިވަޑައިގެންފައެވެ. އަދި މެލޭޝިއާގައި ކުރިއަށްދާ ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި ގިނަ ކުޑަކުދިން ބައިވެރިކުރުމަށް ބެލެނިވެރިންނަށް މިނިސްޓަރ ވަނީ އިލްތިމާސްކޮށްފައެވެ.

މެލޭޝިއާގައި އުމުރުން ފަސް އަހަރާއި 12 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ ތިންވަނަދުވަހުއެވެ. މިޕްރޮގްރާމްގައި އަދި ބޭނުންކުރަމުންދަނީ ފައިޒަރ ވެކްސިނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން