އިންޒާރު ދިނުމަށްފަހު ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތް ކުރާ ފުލުހެއްގެ ސައިކަލްގައި އަލިފާން ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން ފުލުހަކަށް އިންޒާރުދީފައިވާ ކަމަށެވެ. އަދި އެފުލުހުގެ ސައިކަލުގައި ރޭ ދަންވަރު އަލިފާން ރޯކޮށްލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީސް މީޑީއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ ފްޓޭޖުން ފެންނަނީ ދެމީހަކު ބައިވެރިވެގެން ގެއެއްގެ ގޯތިތެރޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލާ މަންޒަރެވެ. އެގޮތުން އެކަކު ޕެޓްރޯލް އެޅުމުން އަނެކަކުވަނީ ސައިކަލްގައި ރޯކޮށްލާފައެވެ.
ފުލުހުންބުނީ އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު