މާޝާ މިދުހަތު   20 ފެބްރުއަރީ 2022 - 12:16
ސައިމާ ސައިފަތުން ހަދާ ސަޔަކީ ހޫނުކޮށްވެސް ފިނިކޮށްވެސް ބޯލަން މީރު ސައެކެވެ. އަދި މިއީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިދޭ ބުއިމެއްކަމަަށްވެސް ގިނަ ސިއްހީ މާހިރުން ބުނެއެވެ.

އެގޮތުން މިސައިފަތަކީ ވިޓަމިން ސީ އަދި އެންޓިއޮކްސިޑަންޓްސް ފަދަ ސިއްހަތަށް ފައިދާހުރި ގިނަ މާއްދާތަކެއް އެކުލެވޭ ސައިފަތެއްކަމަށްވެއެވެ.

އެންޓިއޮކްސިޑަންޓަކީ ހަށިގަނޑަށް ކެންސަރާއި، ހިތުގެ ބަލިތަކާއި، ހަކުރު ބަލިތައްފަތުރާ އެކި ސެލްތައް ނައްތާލުމުގައި އިސްރޯލެއް އަދާކުރާ މާއްދާއެކެވެ. އެގޮތުން އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ ކާނާއާއި ބުއިންތަކުގެ ބާވަތްތައް ގިނަގިނައިން ބޭނުންކުރުމަށްވެސް ސިއްހީ މާހިރުން ލަފާދެއެވެ.

އެންޓިއޮކްސިޑަންޓްސްގެ އިތުރުން ހަަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަަށިކޮށްލާ އެކި އިންފްލެމޭޓޮރީ ސެލްތަކާއި ހަނގުރާމަކުރުމުގެ މާއްދާތަކެއްވެސް ސައިމާ ސައިފަތުން ލިބިދެއެވެ. ހަށިގަނޑުގައި އުފެދޭ އިންފްލެމޭޓޮރީ ސެލްތަކުގެ ސަބަބުން ކެންސަރާއި، ހިތުގެ ބަލި، ނޭވާހިއްލުން، އަލްޒައިމަރސް، އަދި އާރްތްރައިޓިސް ފަދަ ބަލި ތަކަށް ހަށިގަނޑު ހުށައެޅިދެއެވެ.

މީގެއިތުރުން ޕްރެޝަރ ދަށްކޮށްދިނުމަަސްވެސް ސައިމާ ސައިފަތުން އެހީތެރިކަން ލިބިގެންދެއެވެ. އެގޮތުން ސައިމާ ސައި ގަވާއިދުން ބޯނަމަ ލޭގެ ޕްރެޝަރ މައްޗަށް ދިއުން ކޮންްޓްރޯލްކޮށްދިނުމަށް އެހީތެރިވެދޭކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

ޕްރެޝަރ މައްޗަށް ދިއުން ކޮންްޓްރޯލްކޮށްދިނުމުގެ އިތުރުން، ކޮލެސްޓްރޯލް ދަށްކޮށްދިނުމަށްވެސް ސައިމާ ސައިފަތުން އެހީތެރިވެދޭކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.

އަދި ބަރުދަން ލުއިކޮށްލާ، ސިއްހަތު ރަނގަޅު ޑައިޓެއްގައި ސައިމާ ސައި ހިމެނުމުން ހަށިގަނޑަށް ގިނަގުނަ ފައިދާ ލިބިގެންދާކަމަށް ސިއްހީ މާހިރުންނާއި ބޭރުގެ ގިނަ ޑައިޓީޝަނުން ފާހަގަކުރެއެވެ.

ސައިމާ ސައިފަތަކީ ބުއިމުގައި ބޭނުންކުރުމަށް ރައްކާތެރި ސައިފަތެއްކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ސައިމަލަށް ނުވަތަ އެމާ އަޅާ ގަހަަށް އެލަރޖިކް ވާމީހުން ސައިމާ ސައިފަތުން ހަދާ ސައިބުއިމުން އެލަރޖިކްވުމުގެ ފުރުސަތުބޮޑުކަމަށްވެސް އެމެރިކާގެ އެފްޑީއޭއިން ހާމަކޮށްފައިވެއެވެ. އެކަމަކު ކޮންމެ ބާވަތެއްވެސް ބޭނުން ކުރުމުގައި ހައްދެއް ގެންގުޅެންޖެހޭ ބީދައިން ސައިމާ ބޭނުންކުރުމުގައި ވެސް ހައްދުފަހަނައަޮައިފިނަމަ އެއިން ގެއްލުމެއް ލިބިދާނެކަން ހަނދާންކުރަން ޖެހެއެވެ.

ސައިމާ ސަޔަކީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ސައެކެވެ. ނަމަވެސް ފަހުގެ ޖީލުގެ ޒުވާނުންނަށް ސައިމާ ސައިގެ ރަހަ ނޭގުމަކީ އެކަށީގެންވާ ކަމެކެވެ.

ދިވެހިން ސައިމާ ސައިފަތް ހަދަނީ ފޮޅިފައި ހުންނަ ސައިމާ ސައިފަތަށް އަޅައިގެންނެވެ. މިޒަމާނުގައި އާންމުކޮށް ބޭނުންކުރަނީ ފަސޭހައިން ބޭނުންކޮށްލެވޭ ސައިފަތް ކޮތަޅު ކަމަށްވާތީ އެކަން ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެކަމަކު މިހާރު ސައިމާ ފެން ހަދައިގެން ސަޔާއި އެހެނިހެން ގޮތްގޮތަށް ވެސް ބޭނުންކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން