ގޮދަނުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ރަޝިޔާއިންނެވެ. އަދި މިލިސްޓުގެ ފަސްވަނައިގައި ޔުކްރެއިން ހިމެނޭއިރު، ދުނިޔޭގައި އެކްސްޕޯޓް ކުރާ ގޮދަނުގެ ތެރެއިން ހަތަރުބައި ކުޅަ އެއްބަޔަކީ ރަޝިޔާ އަދި ޔުކްރެއިނުން އެކްސްޕޯޓުކުރާ ގޮދާމެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު ދުނިޔޭގެ އެކިގައުމުތަކުން އެކްސްޕޯޓް ކުރި ގޮދަނުގެ ތެރެއިން 25.4 އިންސައްތައަކީ ރަޝިޔާ އަދި ޔުކްރެއިނުން އެކްސްޕޯޓުކުރި ގޮދަނެވެ. އަދި އެއަހަރު ރަޝިޔާއިން އެންމެ ގިނައިން ގޮދަން ގަތް ގައުމުތަކުގެ ތެެރޭގައި މިސްރު، ތުރުކީ އަދި ބަންގްލަދޭޝް ހިމެނެއެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގަ އެންމެ ގިނައިން ގޮދަން ގަންނަނީ މިސްރުންނެވެ. އެގޮތުން މިސްރުން އަހަރެއްގެ ތެރޭގައި އެތެރެކުރާ ގޮދަނުގެ ތެރެއިން 70 އިންސައްތަ އަކީ ރަޝިޔާ އަދި ޔުކްރެއިނުން ގަންނަ ގޮދަނެވެ.
އަދި 2019 ވަނަ އަހަރު ތުރުކީއަށް އެތެރެކުރި ގޮދަނުގެ ތެރެއިން 74 އިންސައްތަ އަކީ ރަޝިޔާ އަދި ޔުކްރެއިނުން ގަނެފައިވާ ގޮދަނެވެ.
ނަމަވެސް ތުހުމަތުކުރަމުންދާ ފަދައިން ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަމަނުޖެހުން ހިނގައިފިނަމަ ދެގައުމުގެ ގޮދަން ދަނޑުތައް ހަލާކުވެ ގޮދަނުގެ ވިޔަފާރިއަށް އަސަރުކޮށް، ކާބޯތަކެތީގެ އަގުބޮޑުވެގެންދާނެކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ. އަދި ބައެއް ގައުމުތަކުން ގޮދަނަށް ޖެހުމުގެ ބިރުވެސް އެބައޮތްކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.
ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުކައިރީގައި ޖަމާކޮށްފައިވާ ރަޝިޔާގެ 130،000 އަށްވުރެއް ގިނަ ސިފައިން މެދުވެރިކޮށް ޔުކްރެއި ހިފާނެކަމަށް އެމެރިކާ އަދި ހުޅަނގުގެ ގައުމުތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު