އިޔުނިސް ތޫފާނާއެކު އިނގިރޭސިވިލާތުގެ އެތައްހާސް ގޭބިސީއަކުން ކަރަންޓުކެނޑި ކަނުއަނދިރީގައި ގިނަބަޔަކު ދިރިއުޅެމުންދާކަން ބޭރުގެ ގިނަ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިނގިރޭސިވިލާތާއެކު ޔޫރަޕުގެ އެހެން ގައުމުތަކަށްވެސް ވަނީ އިޔުނިސް ތޫފާނުގެ އަސަރުކުރަންފަށާފައެވެ. އެގޮތުން ވައިގަދަވެ، ބޯކޮށްވާރޭވެހުމާއެކު ފުރާޅުތައް އެއްލައިލުމާއި، ބޮޑެތި ގަސްތައް ވެއްޓުމާއި، ކަރަންޓު ކެންޑުން ފަދަ ހާދިސާތައް ދަނީ ކުރިމަތިވަމުންނެވެ.
މިތޫފާނުގެ ސަބަބުން ކަރަންޓު ކެނޑުނު 1.2 މިލިއަން ގޭބިސީއަށް މިހާތަނަށް ކަރަންޓު ގުޅައިދެވިފައިވާ ނަމަވެސް، 150،000 އަށްވުރެއް ގިނަފާރަތްތަކަށް އަދިވެސް ކަރަންޓު ނުލިބޭކަމަށް އިނގިރޭސިވިލާތުގައި ކަރަންޓު ފޯރުކޮށްދޭ ކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ.
އިޔުނިސް ތޫފާނަކީ މިދިޔަ ދިހަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. މިތޫފާނުގެ ސަބަބުން އިނގިރޭސިވިލާތުގައި 70 މޭލު ބާރުމިނުގައި ވައިޖެހެމުންދާކަމަށާއި އަދި ތޫފާނުގެ ހާލަތު ގޯސްވެއްޖެނަމަ މިއަށްވުރެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވެއެވެ.
މިތޫފާނުގެ ސަބަބުން އިނގިރޭސިވިލާތުގައި ތިން މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު