އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ބަކިމްހަމް ޕެލަސްއިން ވަނީ އުމުރުފުޅުން 95 އަހަރުގެ ރާނީ އެލިޒަބަތު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ގަނޑުވަރުން ބުނީ ރާނީގެ ކިބައިން ފެންނަނީ އާދައިގެ އަލާމާތްތަކެއްކަމަށެވެ. ނަމަވެސް ސިއްހީ މާހިރުންގެ އިރުޝާދާއި ކަމާބެހޭ ގޮތުން ނެރެފައިވާ ގައިޑްލައިންތަކަށް ރާނީ އަމަލުކުރައްވާނޭކަމަށްވެސް ގަނޑުވަރުން ބުނެއެވެ.
ރާނީ ކޯވިޑަށް ޕޮޒިޓިވްވިޔަސް އެކަމަނާގެ ޝެޑިއުލްގައިވާ ކަންކަމުގެ ތެރެއިން ލުއިކޮށް ކުރިއަށްގެންދެވޭނެ ކަންކަމުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާކަމަށް ބަކިހަމް ޕެލަސްއިން ބުނެއެވެ.
ރާނީ އެލިޒަބަތު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެކަމަނާ ދަރިކަލުން އަދި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސަށް ވަނީ ދެވަނަ ފަހަރަށް ކޯވިޑް ޖެހިފައެވެ. އަދި ޗާލްސާއި އެލިޒަބަތު މީގެ ދުވަސްކޮޅެއް ކުރިން ބައްދަލުވެފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެެ.

ކިޔުންތެރިންގެ ހިޔާލު