ކެނެޑާގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ ކުއްލި ހާލަތު އިއުލާންކޮށް، ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވައިފިއެވެ.

ތިން ހަފްތާއަށްވުރެގިނަ ދުވަހަށް ކުރިއަށްދިޔަ މިމުޒާހަރާތަކުގެ ބައިވެރިން ވަނީ، ކެނެޑާ ސަރުކާރުން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރުވި ގަވާއިދުގެ ދަށުން އެމެރިކާ އަދި ކެނެޑާ ބޯޑަރު ހުރަސްކުރާ ޓްރަކް ދުއްވާ ފަރާތްތައް ވެކްސިން ޖަހަން މަޖުބޫރުކުރުވުމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

އަދި މިމުޒާހަރާތައް ހޫނުވެ އެމެރިކާ އަދި ކެނެޑާ ގުޅޭ ބޯޑަރު ސަރަހައްދުގެ އިތުރުން ކެނެޑާގެ އެކި ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށް، ސަރުކާރުގެ އެކި ވުޒާރާތައް ދޮށުގައިވެސް މުޒާހަރާ ކޮށްފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންވަނީ ކެނެޑާގެ ބޮޑުވަޒީރު ވެރިކަންކުރާ އުސޫލުތަކާ މެދު ސުވާލު އުފައްދާ ބޮޑުވަޒީރުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

މިއާއެކު މުޒާހަރާތައް ކޮންޓްރޯލްކުރުމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ކެނެޑާގައި ގާނޫނީ ބާރުގެ ދަށުން ކުއްލި ހާލަތު އިއުލާންކޮށްފައެވެ. މިގަވާއިދުގެ ދަށުން މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށްފައެވެ. އަދި ދެދުވަހުގެ ތެރޭގައި މުޒާހަރާތައް ރޫޅާލަައި މަގުތައް ހުސްކޮށްފައިވެެއެވެ.

މީގެއިތުރުން މުޒާހަރާތައްް ރޫޅާލުމަަށް ފުލުހުންނަށް ހުރަސްއެޅި 191 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާގައި ބޭނުންކުރި 76 އެއްގަމު އުޅަނދެއްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކެނެޑާގައި ގާނޫނީ ބާރުގެ ދަށުން ކުއްލި ހާލަތު އިއުލާންކޮށް، ފުލުހުންނާއި ސިފައިން ނުކުމެ މުޒާހަރާއެއް ހުއްޓުވަން ބާރުގެ ބޭނުން ކުރުމީ ކެނެޑާގެ ތާރީހުގައިވެސް މަދުފަހަރަކު ނޫނީ ކޮށްފައިވާކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން