ޔުކްރެއިނުގެ އިރުމަތީ ސަރަަހައްދުގެ ބޯޑަރު ކައިރީގައި ދިރިއުޅޭ ރަޝިއާގެ ސަޕޯޓަރުން ނުވަތަ ޔުކްރެއިން ސެޕަރޭޓިސްޓް ރިޕަބްލިކްގެ މީހުންނަކީ މިނިވަން ޖަމާއަތެއް ކަމަށް ކަނޑައަޅައި ރަޝިޔާއިން ހިމާޔަތް ދީފިއެވެ.
އެގޮތުން ރަޝިޔާގެ ރައީސް ވިލާޑްމިރް ޕޫޓިން ވަނީ މިކަން ރަސްމީކޮށް ރޭގެ ވަގުތެއްގައި އިއުލާންކޮށްދެއްވާފައެވެ.
ރަޝިޔާގެ ރައީސް މިފަދަ ނިންމުމެއް ނިންމަވާފައިވަނީ ރަޝިޔާ އަދި ޔޫކްރެއިނުގެ ހާލަތު ގޯސްވެފައިވަނީ ޔޫކްރެއިނުގެ ސަބަބުންކަމަށް ތުހުމަތުކޮށް، ރަޝިއާގެ ސަޕޯޓަރުން ނުވަތަ ޔުކްރެއިން ސެޕަރޭޓިސްޓް ރިޕަބްލިކްގެ މީހުން ޔޫކްރެއިނުގެ ސިފައިންނަށް އަމާޒުކޮށް ހަމަލާދެމުންދާ ދަނޑިވަޅެއްގައެވެ.
ޔޫކްރެއިނުން ވަނީ ރަޝިޔާގެ މިނިންމުމަކީ އެއްވެސް މާނައެއްނެތް ނިންމުމެއްކަމަށް ހާމަކޮށްފައެވެ. އަދި މިނިންމުމަށް ޔޫރަޕުގެ ބައެއް ގައުމުތަކުންނާއި އެމެރިކާއިންވެސް ވަނީ ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ. އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވަނީ ރަޝިޔާގެ މިނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމުމެއްކަން ފާހަގަކުރައްވާފައެވެ.
ޕޫޓިންގެ މިނިންމުން އިއުލާންކޮށްދެއްވަމުން ވިދާޅުވީ މިފަދަ ނިންމުމެއް ނިންމަން ޖެހިވަޑައިގަތީ މިހާރުގެ ހާލަތަށް ބެއްލެވުމަށް ފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ހާލަތު ގޯސްވުމުގެ ތުހުމަތު ނާޓޯ އަށް ކޮށްފައެވެ. އަދި އެމެރިކާއިން އިސްވެ ހަރަކާތްތެރިވާ ޕާޓްނަރުންނަކީ ރަޝިޔާއަަަށްހުރި ނުރައްކަލެއްކަމަށް ޕޫޓިން ވިދާޅުވެފައިވެއެވެ.
ޕޫޓިން ވިދާޅުވެފައިވާ ގޮތުންނަމަ މިހާރުގެ ޔޫކްރެއިނަކީ ރަޝިޔާ އާއި އެތައް ސަތޭކަ އަހަރު ކުރީގެ ތާރީޙީ ގުޅުމެއް އޮތް ބިމެކެވެ. އަދި ހުޅަނގުގެ އެހީތެރިކަމާއެކު ޔުކްރެއިނުން ރަޝިޔާގެ ބިންތައް އަތުލައިފައިވަނީ ސޯވިއެޓްގެ ބާރުވެރިކަން ވެއްޓުމާއެކުކަމަށް ޕޫޓިން ތުހުމަތުކުރަށްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު