ފޭސްބުކް އަދި ޓްވިޓަރ ފަދަ މީސްމީޑިއާ އެޕްތަކުން ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބްލޮކްކޮށް ބޭނުން ނުކުރެވޭ ގޮތް ހެދުމުން ޓްރަމްޕް އުފެއްދި އަމިއްލަ އެޕް ލޯންޗުކޮށްފިއެވެ.

މީސްމީޑިއާ އެޕްތަކުން ޓްރަމްޕް ބްލޮކްކޮށް އެ އެޕްތައް އޭނާއަށް ބޭނުން ނުކުރެވޭ ގޮތް ހަދައިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓޯލް ނުވަތަ ގާނޫނު ހަދާ މަޖިލީސް ކުރާގޭ ދޮށުގައި މުޒާހަރާކޮށް ދިން ހަމަލާއާއި ގުޅިގެންނެވެ. ޓްރަމްޕް ވަނީ މިމުޒާހަރާގެ ބައިވެރިންނަށް ޓްވިޓަރ، ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ހިތްވަރުދެއްވާފައެވެ.

މިމައްސަލައިގައި ޓްރަމްޕް ބްލޮކް ކުރުމާއެކު އަމިއްލަ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް ބުނެ މީސްމީޑިއާ އެޕްތައް ހިންގާ ކުންފުނިތަކަށް ޓްރަމްޕް ވަނީ ފާޑުވިދާޅުވެފައެވެ.

މިއާއެކު ޓްރަމްޕްގެ ޓީމުން ވަނީ މިހަފްތާގައި އާ ސޯޝަލް މީޑިއާ އެޕެއް އާންމުކޮށް ބޭނުންކުރެވޭގޮތަށް ލޯންޗުކޮށްފައެވެ. އެޕްސްޓޯއިން ޑައުންލޯޑު ކުރެވޭގޮތަށް މިހާރު ހިމަނާފައިވާ މި އެޕް، "ޓްރުތް ސޯޝަލް" މިހާރު ވަނީ އެޕްސްޓޯއިން މިފަހުން އެންމެ ގިނަބަޔަކު ޑައުންލޯޑް ކުރި ފްރީ އެޕްގެ ގޮތުގައިވެސް ހިމެނިފައެވެ.

އަދި މިއެޕް ޑައުންލޯޑު ކުރާ މީހުން ގިނަވެ އެޕުގައި އަމިއްލަ އެކައުންޓެއް ހުޅުވުމަށް ކިއުގައި ޖެހެން ޖެހޭކަމަށް މިއެޕު ޑައުންލޯޑުކުރާ ގިނަ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން